މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން ކުލަގަދަކޮށް އީދު ފާގަހަކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ސަރުކާރު މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް ގުޅިގެން މިއަހަރަގެ ފިތުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.

އީދުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ. އެގޮތުން ފުރަތަމަ ހަރަކާތަކަށް އޮންނާނީ މިރޭ 20:30 ގައި އީދު ހުޅު ރޯކުރުމެވެ. އީރު ހުޅު ރޯކުރާނީ ހިއްކި ބިމުގައެވެ. މާދަމާގެ ހަރަކާތްތައް ފެށޭނީ އީދު ނަމާދުންނެވެ. މާދަމާ ހެނދެނު 7:00 ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން ކުރިޔަށްދާނީ ޣާޒީ ފުޓްބޯޅަ ދަނޑުގައެވެ. އީދު ނަމާދަށްފަހު ޣާޒީ ދަނޑުގައި އީދު ސައި ކުރިޔަށް ދާނެއެވެ.

އީދު ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރު 16:30 ގައި އިހަވަންދޫ ދެކުނު ފަރާތު ބަނދަރު ސަރަހައްދުގައި ކުރިޔަށްދާނެއެވެ. ކުޑަކުދިންގެ ހަވީރުގައި އެކި ސްޓޯލްތައް ބައިވެރިކުރާއިރު ގިނަ ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.