Banner Image Description

ޕޮލިސް ކުލަބުގެ ވޮލީ ޓީމު އިހަވަންދުއަށް އަތުވެއްޖެ

ޢަބުދުﷲ ޙަމީދު

44 ވަނަ ޤައުމީ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވެފައިވާ ޕޮލިސް ކުލަބުގެ ވޮލީ ޓީމު އިހަވަންދުއަށް  އަތުވެއްޖެއެވެ. ޕޮލިސް ކުލަބުގެ އަންހެން ވޮލީޓީމު އިހަވަންދޫއަށް އައިސްފައި ވަނީ މިއަދު ހަވީރު 5:30 ގައެވެ.

ޕޮލިސް ކުލަބުގެ ޓީމަށް މަރުޚަބާ ދެންނެވުމަށްޓަކައި ކުލަބު ޕޯލްސްޓަރގެ ގިނަ ޢަދަދެއްގެ މެމްބަރުންނާއި ރަށުގެ ރައްޔިތުން ބަނދަރުމައްޗަށް ޖަމާވެފައިވާކަން ފާހަގަ ކުރެވެއެވެ. މިމުބާރާތުގެ ކުޅުން ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިރު އެދުވަހުގެ ފުރަތަމަ މެޗުގައި ބައްދަލުކުރުމަށް ހަމަޖެހިފައި ވަނީ ޕޮލިސް ކުލަބާއި ހދ. ނޮޅިވަރަމްގެ ހުވާސް ކުލަބެވެ.