ހއ. އިހަވަންދޫ މާވިލާގޭ، ޢަލީ ރައްޒާން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ، ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
އެ މަގާމަށް ރައްޒާން އައްޔަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ރައްޒާން މިމަގާމަށް އައްޔަން ކުރައްވާފައިވަނީ 08 އޭޕްރިލް 2024 ގައެވެ.
އާމިނާދިޔޯ ސިއްޙީމަރުކަޒުގެ، ޕޮލިޓިކަލް ޑައިރެކްޓަރގެ މަގާމަށް ހއ. އިހަވަންދޫ ހަނދުވަރީނާޒް، ޝަހުމާ މޫސާ ވަނީ 03 އޭޕްރިލް 2024 ގައި އައްޔަން ކުރައްވާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދުންފެށިގެން އާމިނާދިޔޯ ސިއްޙީމަރުކަޒުގެ ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ އަލީ ރައްޒާންއާއެވެ.