ޔޫތް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރެއްގެ މަޤާމަށް ޢައްޒާމް އައްޔަންކޮށްފި

މުޙައްމަދު އަކުރަމް

ހއ. އިހަވަންދޫ ލުވޭޒާ މަންޒިލް އަޙްމަދު ޢައްޒާމް، މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އަރޓްސްގެ، ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.

އެ މަގާމަށް ޢައްޒާމް އައްޔަން ކުރައްވާފައިވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. ޢައްޒާމް މިމަގާމަށް އައްޔަނު ކޮށްފައިވަނީ 14 އޭޕްރިލް 2024 ގައެވެ.

ޢައްޒާމް އަކީ އިހަވަންދޫ އެންވީކޭ ޓީމްގެ ކުޅުންތެރިއެކެވެ. އެޓީމަށް ނިސްބަތްވާ ހާމިދުވެސްވަނީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމެންޓް، އިންފޮމޭޝަން އެންޑް އަރޓްސްގެ، ޕޮލިޓިކަލް ޑައިރެކްޓަރގެ މަޤާމަށް 07 ފެބްރުއަރީ ގައި އައްޔަނުކޮށްފައެވެ.