ކުޑަކުދިންގެ ޕާކްގައި ފުޓްސަލް ދަނޑެއް ހަދަން ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކުޑަކުދިންގެ ޕާގައި ފުޓްސަލް ދަނޑެއް ހަދަން ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފިއެވެ. މިމަސައްކަތް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވަނީ މާރިޗް މަހުގެ 28 ވަނަދުވަހުއެވެ.

ކުޑަކުދިންގެ ޕާކްގައި ޓާފް އެޅި ފުޓްސަލް ދަނޑެއް ހަދަން ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްފައިވަނީ 224،000ރ ގެ އަގަކަށެވެ. ކުޑަކުދިންގެ ޕާކްގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ މިނީ ފުޓްސަލް ދަނޑެކެވެ. މިދަނޑުގެ އިމުގެ ފުޅާ މިނުގައި 24 ފޫޓް އަދި ދިގުމިނުގައި 40 ފޫޓް ހުންނާނެއެވެ. ދަނޑުގެ ފުޅާ މިނުގައި 17 ފޫޓް 10 އިންޗި އަދި ދިގުމިނުގައި 32 ފޫޓް 10 އިންޗި ހުންނާނެއެވެ. އިހަވަންދޫ ކައުންސިލުންވަނީ ޒަމާނީ އައުޓްޑޯ ވޮލީ ކޯޓަކާއި ޒަމާނީ ފުޓްސަލް ދަނޑެއް އަޅާދޭނެ ފަރާތެއް ހޯދަންވެސް އިއުލާންކޮށްފައެވެ.
ކުޑަކުދިންގެ ޕާކްގައި ހަދާފައިވާ ކެފޭ އިމާރާތް ކޮށްފައިވަނީވެސް ހަޒް އިންވެސްޓްމަންޓާއި ހަވާލުކޮށްގެންނެވެ. އެކެފޭ ހިންގާނެފަރާތެއް ހޯދަން ހުޅުވާލުމުން އެބީލަންވެސް ކާމިޔާބުކޮށްފައިވަނީވެސް ހަޒް އިންވެސްޓްމެންޓުންނެވެ.