ފަހުވަގުތާޖެހެންދެން ހިތްވަރުކުރި ނަމަވެސް، އިމަގު ދެވަނަ މެޗުން ބަލިވެއްޖެ!

.

އެޗްއާރްއެފް ވޮލީ ލީގުގައި އިމަގު ޖަމިއްޔާއިން ކުޅުނު ދެވަނަ މެޗުން އެފްސީ ފްރިގޭޓާރ އަތުން ބަލިވެއްޖެއެވެ. މިމެޗް ފްރިގޭޓަރ ކާމިޔާބުކުރީ 2 ސެޓް 3 ސެޓުންނެވެ.

މިމެޗްގެ ފުރަތަމަ ދެ ސެޓުން ފްރިގޭޓަރ މޮޅުވެފައި ވަނިކޮށް އިމަގުވަނީ ފަހަތުންއަރާ ދެ ސެޓުން މޮޅުވެފައެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު 5 ވަނަ ސެޓްވަނީ ފްރިގޭޓަރ ކާމިޔާބުކޮށްފައެވެ. މިމެޗްގެ ފުރަތަމަ ދެ ސެޓުން ފްރިގޭޓަރ މޮޅުވީ 25-19 އަދި 25-20 ގެ ނަތީޖާއަކުންނެވެ. އިމަގުން ސެޓްތައް ކާމިޔާބުކުރީ 25-20 އަދި 25-13 ގެ ނަތީޖާއަކުންނެވެ. ފަހު ސެޓުން ފްރިގޭޓަރ މޮޅުވީ 16-14 އިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ ފްރިގޭޓާރގެ ޖާޒީނަންބަރު 10 ޒައްޒާންއެވެ.

މިމުބާރާތުގެ އިމަގު ޖަމިއްޔާއިން ދެންނުކުންނާނީ ޓީމް ހިޔާއާ ދެކޮޅަށެވެ. އެމެޗް ފަށާނީ މާދަމާރޭ 20:30 ގައެވެ.