އާރިފްއާ ސުވާލެއް ކޮށްލަން ބޭނުންތަ؟ އާސްކް އާރިފް މިރޭ!

.

“އާސްކް އާރިފް” ގެ ނަމުގައި ކުރިޔަށް ގެންދާ ޓޯކްޝޯ މިރޭ އޮންނާނެއެވެ. މި ޓޯކް ޝޯއަކީ، ކުރިޔަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާއަށް ވާދަކުރައްވާ މުހައްމަދު އާރިފް އާއިއެކު ކުރިޔަށް ގެންދާ ޕްރަގްރާމެކެވެ.

މިޕްރަގްރާމްގައި ރައްޔިތުންގެ މަޖިލީހަށް ހޮވިއްޖެނަމަ ދާއިރާގެ ތަރައްގީއަށް އެބޭފުޅާ ކުރަން ރާވާ މަސައްކަތްތަކާ ބެހޭ ތަފްސީލު އަދި ދާއިޔާއިމެދު ގެންގުޅުއްވާނެ ތަސައްވަރާއި ގުޅޭގޮތުން ވާހަކަދައްކަވާނެއެވެ. އާމުންނަށްވެސް މިޕްރޮގްރާމްގައި ބައިވެރިވެ ސުވާލު ހުށަހެޅުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން މިޝޯގައި އާރިފްއާ ކުރަން ބޭނުންވާ ސުވާލުތައް އިހަވަންދޫ.ކޮމް ގެ ފޭސްބުކް ޕޭޖަށް ފޮނުވުމުން، ޝޯގައި އެސުވާލުތައް އާރިފްއާ ކުރެވޭނެއެވެ. ސުވާލު ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ މިރޭ 20:00 އެވެ. އިހަވަންދޫ.ކޮމް ގެ ފޭސްބުކް އެޑްރެހަކީ facebook.com/ihavandhoo އެވެ. މި ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.

ކުރިޔަށްއޮތް މަޖިލީހުގެ އިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރަނީ އާރިފް އަދި ނަސީރުއެވެ. މިއީ އައު ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން ބާއްވާ ބަރުލަމާނުގެ އިންތިހާބެއްގައި އިހަވަންދޫ ދާއިރާއަށް އެންމެ މަދުން ކެނޑިޑޭޓުން ވާދަކުރާ ފަހަރެވެ. އާރިފް މިއިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާއިރު ނަސީރު މިއިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓްގައެވެ.

ޚިޔާލު ފައުޅުކުރުން

އަކްރަމް އަލުން ދޮއްޑޫ އަށް ފޮނުވާލަނީ އޯ. އިންޓެލް ހަބަރެއް މި މީތި ވަރަށް އަވަހަށް ޑޮޓްކޮމް އަަށް އަރުވަބަ. މަޖިލިސް އިންތިހާބު ނިމޭއިއިރަށް ބޭރުކުރާ މޫހުންގެ ލިސްޓުގެ 6 ވަނަ