ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ނެގޭނެ އިންތިޒާމް ހަމަޖައްސައިފި
ޢަބުދުﷲ ޙަމީދު
21 - ޖެނުއަރީ - 2020
ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ހއ. ހޯރަފުށިން ދޫކުރެވޭނެގޮތް ހަމަޖައްސައިފިއެވެ. އެކަމުގެ އެއްބަސްވުމުގައި ހއ. އަތޮޅު ކައުންސިލާއި ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ދެމެދުވަނީ އިއްޔެ ސޮއިކޮށްފައެވެ. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމަށް، ހޯރަފުށީ ކައުންސިލް އިދާރާގައި ބޭއްވުނު ސޮއި ކުރުމުގެ ރަސްމިއްޔާތުގައި، އެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅު ކައުންސިލަރު އަލްފާޟިލް އިބްރާހީމް ރަޝީދެވެ. ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދެވެ. ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ދޫކުރަން ފެށުމުގެ ކުރިން ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރަނީ އެ އަތޮޅު ކައުންސިލް އިދާރާއިންނެވެ. އެހެންކަމުން ލައިސަންސް ބޭނުންވާ ފަރާތްތަކުން ޖެހެނީ، އަތޮޅު ކައުންސިލް ހުންނަރަށް ކަމަށްވާ، އެ އަތޮޅު ދިއްދުއަށް ގޮސް ލައިސަންސް ނެގުމާބެހޭ ކަންކަން ފުރިހަމަ ކުރާށެވެ. އެހެންނަމަވެސް އިއްޔެ ސޮއިކުރެވުނު އެއްބަސްވުމާ ގުޅިގެން ހޯރަފުށީ ރައްޔިތުން ހޯރަފުށީގައި ތިބެގެން ލައިސަންސް ލިބޭނެގޮތް ވަނީ ހަމަޖެހިގެން ގޮސްފައެވެ. އެ ޚިދުމަތް ހޯރަފުށިން ލިބޭގޮތަށް ހަމަޖެހިގެން ދިއުމުން ހޯރަފުށީ ރައްޔިތުންނަށް ވަރަށްބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް ހއ. އަތޮޅު ކައުންސިލުން ފާހަގަ ކުރަށްވައެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ހޯރަފުށީގައި އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތް ފަށައިިފި
27 - ޖޫން - 2025
ހޯރަފުށިން އެކުލަވައިލި ކޮމިޓީތައް ސައްހަ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ރަނގަޅު، މުބާރާތް މެދުކަނޑައިލި ހިސާބުން ފަށަނީ!
28 - މޭ - 2025
ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
28 - މޭ - 2025
ފަސް ޓީމާއިއެކު ތިލަ އުތުރު ވޮލީ މުބާރާތް މިމަހުގެ 23 ހުގައި ފަށަނީ
14 - މޭ - 2025
މިއަހަރުގެ ތިލައުތުރު ވޮލީ މުބާރާތް ހޯރަފުށީގައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި!
23 - މާރިޗު - 2025
ހޯރަފުށީ އެއަރޕޯޓް ޖެޓީ ބޭނުން ކުރަންފަށަނީ
7 - ސެޕްޓެމްބަރު - 2023
އެންމެފަހުން ހޯރަފުށި އެއަރޕޯޓްގައި ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި
8 - ސެޕްޓެމްބަރު - 2022
ހޯރަފުށީ ކައުންސިލްގެ ނައިބުރައީސް ކަމަށް އަޙްމަދު އިމްދާޙް
17 - މޭ - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް