2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީ ގައި އިހަވަންދޫ ކައުންސިލަށް 13 ފަރާތަކުން ކުރިމަތިލައްވައިފިއެވެ.
އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލްކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓު އެމްޑީޕީން އިއްޔެ އާއްމުކޮށްފައިވާއިރު، ރަށުކައުންސިލްގެ ރައީސްކަމަށް ދެފަރާތަކުން ވާދަކުރައްވަ އެވެ. އެއީ މިހިނގާ ދައުރުގައިވެސް ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި ހއ. އިހަވަންދޫ، ރާނާގެ، މުޙައްމަދު ރަޝީދު އަދި ހއ. އިހަވަންދޫ، ހިތިލާގެ، އަޙްމަދު ރަޝީދު އެވެ.
ކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިދައުރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަހްމަދު ރިޟްވާން ފިޔަވައި ދެންތިއްބެވި ކައުންސިލް މެމްބަރުން އެމްޑީޕީ ޕުރައިމަރީގައި ވާދަކުރައްވައެވެ.
ރަށުކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ފިރިހެން ބޭފުޅުންނަކީ
- ޢަބުދުﷲ ޚަލީލް، ސަލްސަބީލުގެ. ހއ. އިހަވަންދޫ
- ޢަލީ ރަމީޒް، އެންދެރިމާގެ. ހއ. އިހަވަންދޫ
- މުޙައްމަދު މަފާޒު، ޖަންބުމާގެ. ހއ. އިހަވަންދޫ
- މުޙައްމަދު އަޒުހަމް، މޫރިތިގެ. ހއ. އިހަވަންދޫ
- މުޙައްމަދު މައުމޫން، ދުފާގެ. ހއ. އިހަވަންދޫ
- މުޙައްމަދު ވިޝާހް، މަތިވައްގެ. ހއ. އިހަވަންދޫ
ރަށުކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ އަންހެން ބޭކަނބަލުން ނަކީ
- ހަސީބަތު ސާނިޔާ، ސީސަންގެ. ހއ. އިހަވަންދޫ
- މަރްޔަމް ޝިފާޒާ، އަންބަރީގެ. ހއ. އިހަވަންދޫ
- ޝަހުމާ ޢަބުދުއްޞަމަދު، ހެލެނގެލި. ހއ. އިހަވަންދޫ
- އިނާޒާ އިބްރާހީމް، ސަމީނާމަންޒިލް. ހއ. އިހަވަންދޫ
- އާމިނަތު މޫސާ، ނޫރީގެ. ހއ. އިހަވަންދޫ
އަންނަ ދައުރުންފެށިގެން އިހަވަންދޫ ކައުންސިލަށް އިންތިޚާބުމކުރާނީ ޖުމުލަ 7 ކައުންސިލަރުންނެވެ. އޭގެ ތެރޭގައި އަންހެން 3 މެންބަރުން ހިމަނަން ޖެހެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިހިނގާ ޖަނަވަރީ މަހުގެ 31 ވާ ހުކުރު ދުވަހު އެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް