Banner Image Description

މަސްތުވާތަކެތީގެ ބޮޑެއް އިހަވަންދޫން ހައްޔަރު ކޮށްފި

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫއަށް މަސްތުވާތަކެތި ވިއްކުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް، ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ އެކަމުގެ ބޮޑެއް، ހއ. އިހަވަންދޫން ހައްޔަރު ކޮށްފި އެވެ.

ހއ. އިހަވަންދޫން ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހދ. ކުޅުދުއްފުށީގެ މީހެއް ކަމަށް މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ.

މިމީހާ އަކީ މިގެ ކުރިންވެސް އެއްފަހަރު އިހަވަންދޫއަށް އައިސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވެފައިވާ މީހެއްކަން މިނޫހަށް ލިބުނު މައުލޫމާތު ތަކުން ވަނީ އެނގިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާރިޗް މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި އިހަވަންދޫން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދިވެހި ފިރިހެނެއްކަމަށާއި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ޚިޔާލު ފައުޅުކުރުން

ޢެއީ ކުޅުދުއްފުށި މިހެއް ނޫން، މ.މުލީ މީހެއް އެއީ މުޖުތަމައްއް ހުރި ނުރައްކަލެއް އެއީ
އެއީ ކުޅުދުއްފުށީ މީހެއް ނޫން ކުޅުދުއްފިށި ޕޮލިސް ގައި މަސައްކަތް ކުރާ މީހެއްގެ ފިރިއެއްތީ