ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ކުރިޔަށްގެންދިޔަ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ޗެމްޕިއަންކަން ހޯދައި އެފްސީ ބޮޑުމަގުން ތާރީހް ބަދަލުކޮށްފިއެވެ.
ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަންކަން ބޮޑުމަގުން ހޯދީ ރޭ ކުޅުނު މިމުބާރާތުގެ ފައިނަލް މެޗްގައި އެންވީކޭ 2-3 އިން ބަލިކޮށްގެންނެވެ. މިއީ އިހަވަންދޫގައި ބާއްވާ ބޮޑު މުބާރާތެއް އެޓީމަށް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެފްސީ ބޮޑު މަގުގެ ޖާޒީ ނަންބަރު 88 ހަސަން ޝާމިލްއެވެ.
އެފްސީ ބޮޑު މަގު އަދި އެންވީކޭވެސް މިމުބާރާތުގައި ހިމެނުނީ އެއް ގްރޫޕެއްގައެވެ. އެދެޓީމް ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެމެޗްގައި ބޮޑުމަގުން އެއްވަރުކުރީ އެންވީކޭއިން 2 ގޯލް ޖަހާފައިވަނިކޮށް ފަހަތުންއަރާ 2 ގޯލް ޖަހައިގެންނެވެ. ގޯލްގެ ތަފާތުން އެންވީކޭ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރިއިރު، ބޮޑު މަގު ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ.
ސެމީފައިނަލްގައި ޓީމް ނައިވާދޫއާ ދެކޮޅަށް ބޮޑުމަގު ނުކުތްއިރު ގިނަ ބަޔަކު ޤަބޫލުކޮށްގެންތިބީ ނައިވާދޫން ފަސޭހަ ކަމާއިއެކު މެޗް ކާމިޔާބުކުރާނެ ކަމަށެވެ. ނަމަވެސް އެމެޗުން 2-1 ގެ ނަތީޖާއަކުން މޮޅުވެ ބޮޑުމަގު ފައިނަލަށް ދަތުރުކުރީއެވެ. އެފްސީ ބޮޑުމަގުން މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
މުބާރާތުގެ މުހިއްމު ވަނަތައް:
މުބާރާތުގެ ފެއަރޕްލޭ ޓީމް: ޓީމް ނައިވާދޫ
މުބާރާތުގެ އެންމެ މޮޅު ކީޕަރު: އެފްސީ ބޮޑުމަގުގެ ކީޕަރު އަހްމަދު ރިކުޒާން
މުބާރާތުގެ އެންމެ މޮޅު ކޯޗް: އެފްސީ ބޮޑުމަގުގެ ކޯޗް މުހައްމަދު އަރީބް
ކިންގް އޮފްދަ ޓޯރނަމެންޓް: އެފްސީ ބޮޑުމަގުގެ ޖާޒީ ނަންބަރު 17 އިބްރާހިމް ސިމާހް
21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ: ޓީމް ނާވާދޫގެ ޖާޒީ ނަންބަރު 73 މުހައްމަދު ޝާއިން
މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ: ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 10 އަލީ އަލްސަން
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން: