އިހަވަންދޫގެ ތިން ބިމެއް ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިޔަށް 25 އަހަރަށް ކުއްޔަށްދެނީ

މުޙައްމަދު އަކުރަމް

ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށް އިހަވަންދޫއިން 3 ބިމެއް 25 އަހަރަށް ކުއްޔަށްދިނުމަށް އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ.

އިހަވަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައިވަނީ، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 06 ޖޫން 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލަށް ގޮސް  ޕްރޮޕޯސަލް ހުށަހެޅުމަށެވެ. އިހަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3500 އަކަފޫޓްގެ 3 ބިމެކެވެ. ކުއްޔަށް ދޫކުރާ 3 ބިން އޮންނަނީ ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށެވެ.

އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން ބިން ކުއްޔަށް ހިފަން ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.