އެޗްއާރްއެފް ވޮލީ ލީގުގައި ކްލަބް ޕޯލްސްޓަރ ބައިވެރިވެއްޖެ!

މުޙައްމަދު އަކުރަމް

ހޯރަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދާ އެޗްއާރްއެފް ވޮލީ ލީގު އަންހެން ބައިގައި، އިހަވަންދޫ ކްލަބް ޕޯލްސްޓަރ އިން ބައިވެރިވެއްޖެއެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ. އެޗްއާރްއެފް ވޮލީ ލީގުގެ ފިރިހެންބައި މިއަހަރުގެ މެއިމަހު ހޯރަފުށީ ކައުންސިލުންވަނީ ކުރިޔަށް ގެންގޮސްފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންޓީމަކީ ހޯރަފުށީ ޕޮލިސް ޓީމެވެ. ފިރިހެންބައިގައި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ބައިވެރިވިއެވެ. ނަމަވެސް ސެމީފައިނަލްގައި ފުރިގޭޓަރ އަތުން ބަލިވެ އިމަގަށް މުބާރާތް ނިމުނީއެވެ.

އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ހޯރަފުށީ އައުޓްޑޯރ ވޮލީ ކޯޓްގައި ކުޅެން ހަމަޖެހިފައިވާ މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

އިހަވަންދޫ ކްލަބް ޕޯލްސްޓަރ އަކީ ވޮލީގެ ދިގު ތާރީހެއްއޮތް ޓީމެކެވެ. އެޓީމްވަނީ ޤައުމީ ވޮލީބޯޅަ މުބާރާތްތަކުގައި ބައިވެރިވެ ރަނގަޅު ނަތީޖާއެއް ތަކެއް ހޯދާފައެވެ.