ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިޔަށް ހުޅުވާލި ބިންތައް މިމަހު ހަވާލުކުރަނީ

މުޙައްމަދު އަކުރަމް

ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށް، އިހަވަންދޫ ކައުންސިލުން ހުޅުވާލި ބިންތައް މިމަސްތެރޭ ބަޔަކާ ހަވާލުކުރެވޭނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށް ހުޅުވާލި  ބިންތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ސޮބާހް ވިދާޅުވީ، ކައުންސިލުން ހުޅުވައިލި 3 ބިމަށްވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް 3 ފަރާތަކުން ހުށަހަޅާފައި ވާކަމުގައެވެ. ސޮބާހް ވިދާޅުވީ މިހާރު ކުރިޔަށްދަނީ އެޕްރޮޕޯސަލްތައް އެވަލުއޫޓްކުރުމުގެ މަރުހަލާކަމަށާއ، މިމަސްތެރޭ އެބިންތައް ހަވާލުކުރެވޭނެ ކަމުގައެވެ.

ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރި ހިންގުމަށް އިހަވަންދޫއިން 3 ބިމެއް 25 އަހަރަށް ކުއްޔަށްދިނުމަށް އިހަވަންދޫ ކައުންސިލުން ހުޅުވައިލީ މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހުއެވެ. އިހަވަންދޫ ކައުންސިލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3500 އަކަފޫޓްގެ 3 ބިމެކެވެ. ކުއްޔަށް ދޫކުރާ 3 ބިން އޮންނަނީ ދިލްޝާދު ހިނގުމުގެ ދެކުނުން ތިލޭރު ހިނގުމުގެ އިރަށެވެ.