އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ޢަބުދުﷲ ޙަމީދު

ހއ. އިހަވަންދޫގައި މިރަށުގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.

މިއަދު ސަރުކާރުގެ ގެޒެޓުގައި އިހަވަންދޫ ކައުންސިލުން އިޢުލާނުކޮށްފައިވާ ގޮތުގައި މިމަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ މިމަހުގެ 15 ވާ އަންގާރަ ދުވަހު މެނދުރުފަހު 1:15 ގައި އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މިމަސައްކަތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑި އަކީ  21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު 13:15 އެވެ. މަސައްކަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް 9777544 ނަންބަރު ފޯނާ ގުޅުއްވުމަށް ކައުންސިލުން އެދިލައްވައެވެ.

ހއ. އިހަވަންދޫއަކީ މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުތައް ގިނަ އަދި އޮޑިދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ.