ސީދާ 3 ސެޓުން މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން ފެށުން ރަނގަޅުކޮށްފި

.

އެޗްއާރްއެފް ވޮލީ ލީގުގައި ޕޯލްސްޓަރ އިން ކުޅުނު ފުރަތަމަ މެޗުގައި ޓީމް މޮޅަދޫ ބަލިކޮށް ޕޯލްސްޓަރ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައި މިރޭ ކުޅުނު މި މެޗު ކްލަބް ޕޯލްސްޓަރ އިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ކްލަބް ޕޯލްސްޓަރގެ ބިދޭސީ ކުޅުންތެރިޔާ ޖާޒީ ނަންބަރު 4، ސަރަވަނަން ޝާލިނީ އެވެ. މި މެޗުގެ ސެޓްތައް ޕޯލްސްޓަރ އިން ގެންދިޔައީ 25-20، 22-25، އަދި 15-25 އިންނެވެ.

ކްލަބް ޕޯލްސްޓަރ މިމުބާރާތުގައިކުޅޭ ދެވަނަމެޗްގައި މާދަމާރޭ  20:30 ގައި ދަންމަރު ޔުނައިޓެޑާއި ދެކޮޅަށް ނުކުންނައިރު އެޓީމް ގްރޫޕް ސެޓޭޖްގެ ފަހު މެޗްގައި 23 ވަނަ ދުވަހުގެރޭ 20:30 ގައި ނުކުންނާނީ އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށެވެ.

ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުން ޖާގައެއް ކަށަވަރު ކުރެވޭއިރު، ދެވަނަ އަދި 3 ވަނައަށް ދާޓީމް ސެމީފައިނަލަށް ދަތުރުކުރާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިޔަށްގެންދާ މުބާރާތެކެވެ.