ސެފްރޯން ރެސްޓޯރަންޓުން ޕޯލްސްޓާގެ ވޮލީޓީމަށް ހާއްސަ ޑިނާއެއް!

.

އެޗްއާރްއެފް ވޮލީ ލީގުގައި ބައިވެރިވި ކްލަބް ޕޯލްސްޓަރ ގެ އަންހެން ވޮލީ ޓީމަށް، ހޯރަފުށީ ސެފްރޯން ރެސްޓުން ހާއްސަ ޑިނާއެއް ދީފިއެވެ. މުބާރާތުގެ ޗެމްޕިއަންކަންވެސް ހޯދި ކްލަބް ޕޯލްސްޓަރ ގެ އަންހެން ވޮލީ ޓީމަށް މި ޑިނަރ ދީފައިވަނީ ރޭގެ ފައިނަލް މެޗަށް ފަހުއެވެ.

ޓީމްގެ ކުޅުންތެރިންނާއި އޮފިޝަރުން މިޑިނަރ ގައި ބައިވެރިވެފައިވާއިރު، މިފަދަ ފުރިހަމަ ޑިނަރ އެއް ދީފައިވާތީ ސެފްރޯން ރެސްޓޯރަންޓްގެ މެނޭޖްމަންޓަށް، ޓީމްގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޝެފްރޯން ރެސްޓޯރަން ހުންނަނީ ހޯރަފުށީ ބަނދަރުގެ އުތުރު ކުޅުގައެވެ. ހިތްގައިމު މާހައުލެއްގައި ހުން އެ ރެސްޓޯރަންޓުން ތަފާތުވައްތަރުގެ ކެއުންތައް ލިބޭއިރު އެރެސްޓޯރަންޓުން ހަފުލާތަކަށް ކޭޓަރިންގް ހިދުމަތްވެސް ދެއެވެ. ހޯރަފުށީގެ އިތުރުން ކައިރި ރަށްރަށުންވެސް، ސެފްރޯން ރެސްޓޯރަންޓުން ކެއުމަށް އިންސާފުކުރުމަށް ދަތުރުހަދާފައި ދާކަން ފާހަގަކުރެވެއެވެ.

އެޗްއާރްއެފް ވޮލީ ލީގުގެ ޗެމްޕިއަންކަން އިހަވަންދޫ ކްލަބް ޕޯލްސްޓަރ ހޯދާފައިވަނީ ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުން މޮޅުވެ، %100 ރެކޯޑަކާއި އެކުއެވެ.