ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ގުޅިގެން އިހަވަންދޫ އެކިއެކި އެން.ޖީ.އޯސް ތަކުން އެދުވަސް ފުލުހުންނަށްފާހަގަ ކޮށްދީފި އެވެ.
މިގޮތުން އިހަވަންދޫ މިނީޓީ އިން މާރިޗް 29 ވަނަ ދުވަހު ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް ޕިއްޒާ ޓްރީޓެއް ދެއްވާފައެވެ. އަދި އިހަވަންދޫ ވޮމަންސް ކޮމިއުނިޓީ ގުރޫޕުން ވަނީ އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ މުވައްޒަފުންނަށް 30 މާރިޗް ގައި ރޭގަނޑުގެ ކެއުމެއް ދެއްވާފައެވެ.
އިހަވަން އޮންލައިން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިހަވަންދޫ ކޮމިއުނިޓީ ސުކައުޓު ގުރޫޕުން ވެސް ވަނީ ފުލުހުންގެ 88 ވަނަ އަހަރީ ދުވަހާއި ގުޅިގެން އިހަވަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ކޮންމެ ފުލުހަކަށް ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ.
އަދި އިހަވަންދޫ ޖަންގަލް ޓީމުގެ ފަރާތުންވެސް ވަނީ މާރިޗް 29 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އިހަވަންދޫ ޕޮލިސް ސްޓޭޝަން އަށް ދީފައެވެ.
ދިވެހިރާއްޖޭގައި ފުލުހުންގެ ޚިދުމަތް ރަސްމީގޮތުން ފެށިފައިވަނީ 1932 ވަނަ އަހަރެވެ.