ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް އިހަވަންދޫއިން ބިން ކުއްޔަށް ދޫކުރަނީ

މުޙައްމަދު އަކުރަމް

އިހަވަންދޫ  އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި (ނާރެސްމަގުގެ ދެކުނުން ސިނާއީމަގުން ހުޅަނގަށް) އޮތް 7250 (ހަތްހާސް ދުއިސައްތަ ފަންސާސް) އަކަފޫޓުގެ ހުސްބިން ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް 25 އަހަރުގެ މުއްދަތައް ކުއްޔަށް ދޫކުރުމަށް އިހަވަންދޫ ކައުންސިލުން އިޢުލާންކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވާގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅަންޖެހެއެވެ.

އިހަވަންދޫ ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުގައި ސޮޕިންގ ކޮމްޕްލެކްސް އިމާރާތުގައި މަދުވެގެން ދެ ފުލޯ ހުންނަން ޖެހޭއިރު، އިމާރާތުގައި މަދުވެގެން 5 ފިހާރަ، 2 ފާހަނާ އަދި ޕާކިންގް ޒޯނެއް ހުންނަންޖެހެއެވެ. ކޮމްޕްލެކްސް ތަރައްޤީކުރާ ފަރާތް ބޭނުންނަމަ އެތަން  3 ވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ އިޚްތިޔާރު ލިބެއެވެ.