ކައުންސިލް ކަޕް ވޯލީބޯޅަ މުބާރާތް މިމަހުގެ 12 އިން 17 އަށް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024، މިމަހުގެ 12 އިން 17 އަށް ޝެޑިއުލް ކޮށްފިއެވެ. ޖުމްލަ 4 ޓީމަކުން ބައިވެރިވެފައިވާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު ރަނަރަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިއަހަރުގެ ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވެފައިވަނީ ޔުނައިޓެޑް ޔޫތް، ކުޅިމަގު، ކުލަބް އިރަމާ އަދި ޖަންގަލްއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނީ ގްރޫޕް ސްޓޭޖުން 2 ވަނަ އަދި 3 ވަނަ ހޯދާ ޓީމްގެ މެޗްގެ ކުޅޭ ސެމީފައިނަލްއިން މޮޅުވާ ޓީމަށެވެ.

މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިމަހުގެ 17 ވާ ބުރާސްފަތި ދުވަހުގެރޭ 20:15 ގައެވެ. އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން، ޑަބުލިޔު.ޑީ.ސީ އަންހެން ވޮލީ މުބާރާތް ބާއްވަން އިއުލާންކުރިއެވެ. ނަމަވެސް އެކަށީގެންވާ އަދަދަކަށް އެމުބާރާތުގައި ޓީމްތައް ބައިވެރިވެފައި ނުވާތީ އެމުބާރާތް ބޭއްވޭގޮތް ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.