މަސްރޭހުން އެއްވަނަ ހޯދީ ފެނަކަ އިހަވަންދޫ ބްރާންޗް

މުޙައްމަދު އަކުރަމް

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން، އިހަވަންދޫ ކައުންސިލުން ކުރިޔަށް ގެންދިޔަ މަސްރޭސް 2024 ގެ އެއްވަނަ އިހަވަންދޫ ފެނަކަ ބުރާންޗުން ހޯދައިފިއެވެ. މަސްރޭސް ކުރިޔަށް ގެންގޮސްފައިވަނީ އިއްޔަ މެންދުރު 14:30 އިން ފެށިގެން ރޭ 21:00 އާއި ހަމަޔަށެވެ.

ފެނަކަ އިހަވަންދޫ ބްރާންޗުން މިމުބާރާތުގެ އެއްވަނަ ހޯދީ 56.8 ކިޅޯގެ މަސް ބާނައިގެންނެވެ. މިމުބާރާތުން ދެވަނަ ހޯދި އިހަވަންދޫ ކައުންސިލްވަނީ 38.6 ކިލޯގެ މަސް ބާނާފައެވެ. 3.65  ކިލޯގެ މަހެއް ބާނައިގެން އެންމެ ބަރުމަސް ބޭނި ފަރާތަކަށް ހޮވުނީ ފެނަކަ އިހަވަންދޫ ބްރާންޗުގެ މުހައްމަދު ޝަބީންއެވެ. މިމުބާރާތުގެ އެއްވަނަ ޓީމް ފެނަކައަށް 5000ރ ގެ ފައިސާގެ އިނާމެއް ދިންއިރު ދެވަނަ ޓީމް އިހަވަންދޫ ކައުންސިލަށް 2000ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ. އަދި އެންމެ ބަރުމަސް ބޭނި ޝަބީންއަށް 500ރ ގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

އިހަވަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކާއި ސަރުކާރު ކުންފުނި އަދި ކްލަބް ޖަމިއްޔާތަކަށް ހުޅުވާލައިގެ ކުރިޔަށް ގެންދިޔަ މިމުބާރާތުގައި 8 ޓީމަކުން ވާދަކުރިއެވެ. އެއީ އިހަވަންދޫ ކައުންސިލް، ފެނަކަ އިހަވަންދޫ ބްރާންޗް، އިހަވަންދޫ ޕޮލިސް، އާރު.ޑީ.ސީ، އިހަވަންދޫ ސްކޫލް، އެމް.ޓީ.ސީ.ސީ، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް އަދި މަސްވެރި އިހަވަންދޫއެވެ.