އިސްލާމްދީނަކީ އެކުވެރިކަމާއި އެއްބައިވަންތަ، އެއްބައެއްވަންތަކަމުގެ ދީނެވެ. މީސްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ޤަދަރު ކޮށް ކަމޭހިތައި އިޙްތިރާމްކުރުމަކީ އިސްލާމްދީނުގެ މަބާދިއުގެތެރޭގައި ހިމެނޭކަމެކެވެ. މާތްﷲ އިންސާނުން އުފައްދަވާފައިވަނީ އެއްބަޑު އެއްބަފާ އަޚުންތަކެއްގެ ގޮތުގައި އެކަކު އަނެކަކަށް އެހީތެރިވެ، އިޖުތިމާޢީ ދިރިއުޅުމެއް އުޅޭގޮތަށަވެ. މީސްތަކުންނަކީ ފަނެއްގެ ފަންވަތްތަކެއް ފަދައިން އެއްބައިކު އެނެއް ބަޔަކާ އެކު އުޅެންޖިފައިވާ ބަޔެކެވެ.
މާތް ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “مَثَلُالْمُؤْمِنِيْنَفِيْتَوَادِّهِمْوَتَرَاحُمِهِمْوَتَعَاطُفِهِمْكَمَثَلِالْجَسَدِالْوَاحِدِإِذَااشْتَكَىمِنْهُعُضْوٌتَدَاعَىلَهُسَائِرِالْجَسَدِبِالسَّحَرِوَالْحُمَّى“ (رواه البخارى) މާނައީ: ” މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި ރަޙުމުކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. އެހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ، މުޅިހަށިގަނޑު އެގުނަވަނާއި ހޭލާހުރުމުންނާއި ހުންއައުމުން ބައިވެރިވެއެވެ.”
އަޚުވަންތަކަމުގެ ގުޅުމަކީ މުސްލިމުންގެ ޢަޤީދާގެ މައްޗަށް ބިނާވެގެންވާ ވަރުގަދަ ގުޅުމެކެވެ. ހަރުދަނާ އިސްލާމީ އަޤީދާއެއްގެ މަތީގައި ތިބި ބައެއްކަމުގައި ވާނަމަ އެމީހުންގެ މެދުގައި އޮންނަ އުޚުވަތްތެރިކަމާއި އެއްބައިވަންތަކަމާއި އެއްބައިވަންތަކުގެ ގުޅުން ވަރަށް ބަދަހިވާނެއެވެ. މީގެ މިސާލެއްގެ ގޮތުން ކައުއިތުރު މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކަލޭގެފާނުގެ އަޞްޙާބު ބެއިކަލުން މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހިނދު މުސްލިމުންގެ މެދުގައި އުޚުވަތްތެރިކަމާއި އެއްބައިވަންތައް އެއްބައެއް ވަންތަކުގެ ގުޅުން ޤާއިމްކުރެއްވިއެވެ.
މި ގުޅުން ޤާއިމްކުރެވުނީ މުހާޖިރު ބެއިކަލުންނާއި، އަންޞާރިއްޔަ ބެއިކަލުންގެ މެދުގައެވެ. އެވަގުތު އަންޞާރީ ބެއިކަލުން ދެއްކެވީ އެއްބައިވަންތަކާއި އުޚުވަތްތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެބޭކަލުންގެ ގެދޮރާއި މުދާ ދެބައިކޮށްލައްވާފައި އެއްބައި މުހާޖިރު ބޭކަލުންނަށް ދެއްވިއެވެ. އަދި ބައެއް އަންޞާރިއްޔަ ބޭކަލުން އަނބިންވެސް ހަމަކުރެއްވަން އުޅުއްވި ކަމުގައި ބައެއް ރިވާއަތްތަކުގައި އައިސްފައި ވެއެވެ.
އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން
އެއްވެސް މީހަކަށް ގެއްލުމެދީ، އަނިޔާވެރި ނުވުން.
ޤުދުސީ ޙަދީޘެއްގައި ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ” قَالَاللهُتَعَالَى: يَاعِبَادِىْإِنِّىْحَرَّمْتُالظُّلْمَعَلَىنَفْسِىْوَجَعَلْتُهُبَيْنَكُمْمُحَرَّماًفَلاَتَظَالَمُوْا“ (رواه مسلم والترمذى) މާނައީ: މާތްﷲ ބަސް ވަޙީކުރެއްވިއެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ޛާތުފުޅަށް،އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި އެއީ، ތިޔަބައިމީހުންގެ މެދުގައިވެސް ޙަރާމްކަމެއް ކަމުގައި ލައްވައިފީމުއެވެ. ފަހެ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް، އެކަކު އަނެކަކަށް އަނިޔާ ނުކުރާހުށިކަމެވެ.”
އަދި މުސްލިމުންގެ ތެރެއިން ކޮންމެ މީހެއްގެ ވެސް އަބުރާއި ޢިއްޒަތާއި މުދަލާއި ގޯތިގެދޮރަކީ ޙުރުމަތްތެރިކުރެވިގެންވާ އެއްޗެއްސެވެ.
އަދި ވެސް ކައުއިތުރު މާތްނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. “اَلْمُسْلِمُأَخُوالْمُسْلِمُلاَيَظْلِمُهُوَلاَيَخْذِلُهُوَلاَيَحْقِرُهُبِحَسْبِامْرِئٍمِنَالشَّرِّأَنْيَحْقِرَأخاهالمسلمكلالمسلمعلىالمسلمحرامٌمالُهودمهوعرضه” (رواهمسلم) “ ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. (އެއްވެސް މުސްލިމަކު އޭނާގެ އަޚާއަށް) އަނިޔާވެރިއެއް ނުވާނެއެވެ. އަދި ނިކަމެތިކޮށް ޛަލީލުކޮށެއް ނުހަދާނެއެވެ. މުސްލިމަކާމެދު ނިކަމެތިކޮށް އިޚާނެތިކޮށް ހެދުމަކީ ތިމާއަށްކުރެވޭ ނުބައިކަމެއް ކަމުގައި ފުދެއެވެ. ކޮންމެ މުސްލިމަކުވެސް އަނެއް މުސްލިމެއްގެ މައްޗަށް އޭނާގެ މުދަލާއި އޭނާގެ ފުރާނައާއި އަދި އޭނާގެ ޢިއްޒަތާއި އަބުރު ޙަރާމްވެގެންވެއެވެ.”
އަމިއްލަ މަޞްލަޙަތަށް ވުރެ، އެހެން މީހުންގެ މަޞްލަޙަތާއި މުޖްތަމަޢުގެ ކަންކަން އިސް ކުރުން.
އަބޫހުރައިރާ ރަޟިޔަ الله ޢަންހު ރިވާކުރައްވައިފައިވާ ޙަދީޘެއްގެ މާނައިގައިވެއެވެ. ” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އެއްދުވަހަކު މީހަކު އައިސް ދެންނެވިއެވެ. އަޅުގަނޑު މިވަނީ ބަނޑުހައިހޫނުކަމާއި ފަޤީރުކަމާއި ކުރިމަތިލާން ޖެހިފައެވެ. އެ ހިނދު ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަނބިކަނބަލުންގެ ގޭގެއަށް އެއްވެސް ކާއެއްޗެއް ހުރިތޯ ބައްލަވަން ފޮނުއްވިއެވެ. އެއިން އެއްވެސް ގެއެއްގައި ކާއެއްޗެއް ނެތުމުން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. މިރޭ މި މީހާ ގޭގައި ބަހައްޓައިގެން މެހްމާންދާރީ އަދާކުރާނީ ތިޔަބައިމީހުންގެ ތެރެއިން ކާކުހެއްޔެވެ؟ އެ މީހަކަށް މާތް الله ރަޙްމަތް ލައްވާހުއްޓެވެ. އެ ހިނދު އަބޫ ޠަލްޙާ ރަޟިޔަﷲޢަންހު ދެންނެވިއެވެ. އެ މީހަކީ އަޅުގަނޑެވެ. ދެން އަބޫޠަލްޙާ އެމީހާ ގޮވައިގެން ގެއަށް ވަޑައިގެން އަނބިކަނބަލުންނަށް ވިދާޅުވިއެވެ. މިއީ ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނެކެވެ. ގޭގައި އެއްވެސް ކާއެއްޗެއް ހުރިނަމަ، އެ ހުރި އެއްޗެއް ގެންނާށެވެ! އެ ވަގުތު އަބޫޠަލްޙާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ގޭގައި ހުރީ ހަމައެކަނި ކުޑަކުދިންނަށް ހުރި ކާއެތިކޮޅެކެވެ. އަޑުގަނޑުމެން ދެމީހުން ކާނެ އެއްޗެއް ވެސް ނެތެވެ. ދެން އަބޫޠަލްޙާ ވިދާޅުވިއެވެ. އެ ކުދިން ބަޑުހައިވެގެން ރޯންފަށައިފިނަމަ، ކޮންމެވެސް ގޮތަކުން އެ ކުދީން ހަމަޖައްސައި މަސަލަސްކޮށް،ނިންދަވާށެވެ! އަދި ތިޔަ ހުރި އެއްޗެއް ގެނެސް ކާން ތައްޔާރު ކުރުމަށްފަހު، ބައްތި ރަނގަޅުކުރަނީ ކަމަށްހަދައި އެބައްތި ނިއްވައިލާށެވެ! އެއީ، ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނަކާއެކު އަހަރެން ނުކާކަން އޭނާއަށް އެނގުނަ ނުދިނުމަށެވެ. އަހަރެމެން ދެމަފިރިންނާއި ކުދީންކޮޅު މިރޭ މިގޮތުގައި ބަޑުހައިކަމާއެކު ވޭތިކޮށްލާނީއެވެ. އަބޫޠަލްޙާގެ ދެކަނބަލުން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މެހުމާނަށް ކާންދެއްވީ އެ ދެކަނބަލުންނާއި ތުއްޕުޅު ބޭފުޅުން ކާއެތިކޮޅަކަށް ނުހަނު ބޭނުންފުޅުވެފައި ވަނިކޮށެވެ. ހެނދުނު އަބޫޠަލްޙާ އެ މެހުމާން މީހާ ގޮވައިގެން ރަސޫލު الله ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގަތުމުން،އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ރޭގައި ތިޔަ ދެކަނބަލުން ކަންތައް ކުރެއްވިގޮތާ މެދު الله ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންފިއެވެ. ދެން އެ ދެކަނބަލުންނަށް ތަޢުރީފުކުރައްވައި އަލްޙަޝްރު ސޫރަތުގެ ނުވަވަނަ އާޔަތް މާތް الله ބާވައިލެއްވިއެވެ.