Banner Image Description

އީމާންކަން / ދަލާއިލުއް ތައުޙީދި 3

އައްޝައިޚު މުޙައްމަދު ޝާފިޢު

7- އީމާންކަމަކީ ކޮބާ؟

ޖަވާބު: އެއީ ﷲ އަށް އީމާންވުމާއި އެއިލާހުގެ މަލާއިކަތުންނަށް އީމާންވުމާއި، އެ އިލާހު ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި، އެ އިލާހު ފޮނުއްވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ޤަދަރުގެ ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މިވަޙީބަސްފުޅެވެ. “آَمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آَمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ” البقرة: ٢٨٥  މާނައީ: “ރަސޫލާ އެކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުން ބާވައިލެއްވި ތަކެއްޗަށް އީމާންވެވަޑައިގަންނަވައިފި އެވެ. އަދި މުއުމިނުންވެސް އީމާންވެއްޖެ އެވެ. އެ ހުރިހާ ބޭކަލުން، ﷲ އަށާއި އެކަލާނގެ މަލާއިކަތްބޭކަލުންނަށާއި އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި އަދި އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވެވަޑައިގެންފި އެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =