ސަޕޯޓްކުރާނީ މަގޭ ޓީމަށް، މަގޭ ސްކޫލަށް..

އައިޝަތު އިލްމާ އަދުނާން

އޯޝަންގޭޓްސް  އޮފީސްތަކުގެ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުން 6 ޕޮއިންޓާއެކު ޖާގަ ކަށަވަރު ކުރި ޓީމަކީ އިހަވަންދޫ ސްކޫލެވެ.

މިރޭގެ މެޗަށް އިހަވަންދޫ ސްކޫލު ނުކުންނަނީ މުބާރާތުގެ ފައިނަލްއިން ޖާގަ ކަށަވަރުކުރުމުގެ އަމާޒުގައި ކަމުގައި އިހަވަންދޫ ސްކޫލު ޓީމްގެ މެނޭޖަރ ހާމިދު މޫސާ ވިދާޅުވިއެވެ.

” މިރޭގެ މެޗަށް އިހަވަންދޫ ސްކޫލު މި ނުކުންނަނީ ސީދާ ސަތޭކަ ޕަސެންޓް ޕަރފޯމެންސްއެއް ދައްކަން. އަޅުގަނޑުމެންނަށް ވަރަށް ޔަގީން ކަން މިރޭގެ މެޗަށް އެބަ އޮތް. އިހަވަންދޫ ސުކޫލަކީ އެންމެ ފޭވަރިޓް ޓީމްކަން ސާބިތު ކޮށްދޭނަށް.”

އިހަވަންދޫ ސްކޫލު ޓީމް މިރޭ ކުޅޭނީ ފިސާރި ޖޯޝާއެކު މޮޅުވަން ކަމުގައި ޓީމްގެ ކޯޗް، މުހައްމަދު ނިޒާމް (ނިޒަންބޭ) ވިދާޅުވިއެވެ. “ކުޅުންތެރިންނާމެދު ފުރިހަމަ ޔަގީންކަން އެބައޮތް. ޓީމް ކުޅޭނި މޮޅުވަން. މޮޅުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަށް. މީ ޓީމަކީ” ނިޒަންބޭ ވިދާޅުވިއެވެ.

އިހަވަންދޫ ސްކޫލު ޓީމްގެ ކުޅުންތެރިންނަކީ ފުޓުސެލްއިން ފާހަގަ ކޮށްލެވޭބުންވަރު ރަނގަޅު ކުޅުންތެރިންނެވެ.އިހަވަންދޫ ސްކޫލު ޓީމްގެ ކުޅުންތެރިން  ސަޕޯޓަރުނަށް ބުނަމުންދަނީ، އަސްލު ޓީމަކީ މިއީއެވެ.

މިރޭގެ ސެމީ ފައިނަލްގައި އާމިނާ ދިއޯ ހެލްތު ސެންޓަރާއި އައިސް ޕްލާންޓް އަދި ބީ.އެމް.އެލް އިހަވަންދޫ ބްރާންޗްގެ ގުޅިފައިވާ ޓީމް، އައި.ބީ.އޭއާ ދެކޮޅަށް އިހަވަންދޫ ސްކޫލު ނުކުންނައިރު، ސަޕޯޓަރުން ސަޕޯޓްކުރާނީ “މަގޭ ޓީމަކަން” ވެސް “އެނގިދާނެތާ”އެވެ.