މެނިފެސްޓޯ އިން ހާސިލްވީ ކިހާ މިންވަރެއް؟ ފިސާރި ވިދުން ގަދަ ޖީލެއް ބިނާކުރުން

.

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ރަށު ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީ ކެނޑިޑޭޓުން ނުކުންނެވީ މެނިފެސްޓޯއަކާއެކުއެވެ.

[AD]

“ރަށަށްޓަކައި”ގެ ނަމުގައި މައިގަނޑު 5 ދާއިރާއަކަށް އަލި އަޅުވާލައިގެން ނެރުނު މެނިފެސްޓޯ އަށް ރައްޔިތުން އާބަސް ބުނެ އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ 5 ކައުންސިލަރުން އިންތިހާބުކޮށް އަތޮޅު ކައުންސިލްގެ ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ހޯދައިދިނެވެ.

މެނިފެސްޓޯގައި އަލިއަޅުވާލާފައި ވަނީ ރައްޔިތުން އެކަމަކަށްޓަކައި ލޮލުން ބޮލުން އެދިއެދި ތިބި ކަންތައްތަކެވެ. އިންތިހާބު ނިމި، ކައުންސިލްގެ 3 ވަނަ ދައުރަށް ހޮވުނު ކައުންސިލް ހުވާކުރުމާއެކު ރައްޔިތުން ތިބީ ނުހަނު ފޮނި އުއްމީދެއްގައެވެ. މެނިފެސްޓޯއިން ވިސްނާދިނީ އެއީ “ޕްލޭންކުރެވި ޕުރޮގުރާމް ކުރެވިފައި” ވާ ކަންތައްތަކެއްކަމުން، މެނިފެސްޓޯ ތަންފީޒު ވާނޭ ކަމާމެދު ރައްޔިތުންނަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ކައުންސިލްގެ 3 ވަނަ ދައުރު ނިމުމަށް 3 މަހެއްހާ ދުވަހަށްވެފައިވާއިރު ރަށަށްޓަކައި”  މެނިފެސްޓޯއިންވެފައިވާ ވައުދުތައް ފުއްދައިދެވުނީ ކިހާ މިންވަރެއްތޯ ނިންމަވާނީ ރައްޔިތުންނެވެ.

ފިސާރި ވިދުން ގަދަ ޖީލެއް ބިނާކުރުން

 
pollcode.com free polls
  1. 2.    ފިސާރި ވިދުން ގަދަ ޖީލެއް ބިނާކުރުން

ދެކޮޅުވެރި ޖަމާއީ ހަރަކާތްތައް ފެށިއްޖެ. ޑްރަގްގެ ވަބާ އަށަގެންފި. އެކަހެރި ބަލިކަށި ޒުވާނުން ފެނޭ. އަފުރާދުންގެ ބަލިފައިތައް ގިނަ ވެއްޖެ. ޖަމާއަތުގެ ބަދަހިކަން ކަފިކަފި ކޮށްފި. ތަރައްގީ އާއި ތަމައްދުނަށް ފަހި މުޖުތަމައެއްގެ އެންމެ އަސާސީ ބަހާއަކީ އިލްމުވެރި ހުނަރުވެރި ދުޅަހެޔޮ ސުލްހަވެރި ޖީލެއްގެ ގަދަފަދަ ދިރުން ކަމާމެދު އެއްވެސް ޝައްކެއް ނެތް. ހިލްމުވެރި ތައުލީމީ ސިއްހަތު ރަނގަޅު އެކުވެރި ޖީލެއް ބިނާކުރުމަށް އަމާޒުކޮށް އަހުރެމެން ވައުދު ވަނީ؛

* ތައުލީމާއި ތަމްރީނު އަދި ވަޒީފާ

– މިހާރު އިމާރާތް ކުރަން ފަށާފައި ހުރި ޕްރީސްކޫލް އިމާރާތަކީ ތައުލީމާއި ތަމްރީނުތަކަށް ހާއްސަކޮށްފައިވާ މަލްޓި ޕާރޕަސް ސެންޓަރެއްގެ ގޮތުގައި ހަމަޖައްސައި، އެ އިމާރާތުގެ އިތުރަށް ބޮޑު ވާނޭހެން ޕްލޭން ބަދަލުކޮށް، ފަންޑް ހޯދައި، އިމާރާތް ހަދައި ނިންމުން.

– މަލްޓި ޕާރޕަސް ސެންޓަރުގައި، ސްކޫލް ޕްރިޕަރޭޓަރީ ޕްރޮގްރާމަކާއެކު ޕްރީ-ސްކޫލެއް ހިންގުން. މި ޕްރޮގްރާމްގެ މަގުސަދަކީ މަދަރުސާގައި ކުރިއަށް ގެންދާ ޕްރީސްކޫލް ތައުލީމަށް ތުއްތުކުދިން ތައްޔާރުކޮށް އަހުލުވެރިކޮށް، ޅަފަތުގައި އުނގަންނައިދޭން ފެށުމަށް ބާރުއެޅުން.

– މަލްޓި ޕާރޕަސް ސެންޓަރުގައި، ސެންޓްރަލް ލައިބްރަރީއެއް ގާއިމުކޮށް، ރައްޔިތުންގެ މެދުގައި، އަދި ވަކީން ހާއްސަކޮށް ދަރިވަރުންނާއި ޒުވާނުން ފޮތްތެރިކަމަށް ލޯބި ޖައްސައި އެ ރޫހުއާލާކުރުން.

– މަލްޓި ޕާރޕަސް ސެންޓަރުގައި، އިންޓަނެޓް ބޭނުން ކުރެވޭނެ ލުއި މަގެއް ފަހިކޮށްދީ، މުޅި އެ ސެންޓަރުގެ މާހައުލަކީ އުނގެނުމަށް ހިތް ޖެހޭ ގޮތަށް ތަރުތީބުކޮށްފައިވާ، އަދި އުނގެނުމަށް ބޭނުންވާނެ އެންމެހައި ވަސީލަތްތައް ހަމަކޮށްފައިވާ، އުނގެނުމާއި އުނގަންނައިދިނުމުގެ ހަރަކާތްތައް ހިނގަހިނގާ ހުންނަ ތަނެއްކަމުގައި ހެދުން.

– މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތުގައި ބޭނުން ހިފެވޭނެހެން، ލެކްޗަރ ހޯލާއި ކްލާސްރޫމްތަކާއި ވާޗުއަލް ފެސިލިޓީސްތަކާއި މަލްޓިމީޑިއާ އިކްއިޕްމެންޓްސް އާއި އިދާރީ އޮފީސްތައް، މަލްޓި ޕާރޕަސް ސެންޓަރުގައި ގާއިމުކޮށް، މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިވާ ގިނަ ތަކުލީފްތަކާއި ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، މަތީ ތައުލީމާއި ތަމްރީނުގެ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއް މަލްޓި ޕާރޕަސް ސެންޓަރުގައި ހިންގަން ފެށުން.

– ކައުންސިލުން އިސްނަގައި، އެކި ގޮތްގޮތުން ފުރުސަތު ހޯދައިގެން އެކިއެކި ފަރާތްތަކާ ގުޅިގެން، ތައުލީމާއި ތަމްރީނުގެ ކުރު މުއްދަތުގެ ކޯސްތަކާއި ވޯކްޝޮޕްތައް މަލްޓިޕަރޕަސް ސެންޓަރުގައި ހިންގުން.

– މަތީ ތައުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ރަށުގައި ހިންގަން ބޭނުންވާ ފަރާތްތަކަށް ދިގު މުއްދަތަށް ބިން ދޫކުރުން.

– ބޭރުގެ އެކިއެކި ދައުލަތްތަކާއި ޖަމިއްޔާތަކުން ހުޅުވައިލާ ސްކޮލަރޝިޕްތަކާއި ދިވެހިސަރުކާރާއި ރާއްޖޭގެ ޖަމިއްޔާތަކުން ތައާރަފުކުރާ ސްކޮލަރޝިޕްތަކުން އިހަވަންދޫ ދަރިންނަށް ފުރުސަތު ހޯދައި ދިނުމަށް ވަކި ނިޒާމެއްގެ ތެރެއިން މަސައްކަތް ފެށުން. މިގޮތުން މި ފަދަ ސްކޮލަރޝިޕްތަކުގެ މައުލޫމާތު ކައުންސިލަށް ލިބޭނެ އިދާރީ އިންތިޒާމެއް ހަމަޖައްސައި، އެ މައުލޫމާތު، ތައުލީމީގޮތުން ފާހަގަކުރެވޭ ދަރިވަރުންނަށް ނުވަތަ މި ފަދަ ފުރުސަތުތައް ބޭނުންވާ ކުދިންނާ ހިއްސާކޮށް، އެ ސްކޮލަރޝިޕްތަކަށް ކުރިމަތިލުމަށް ފުރިހަމަކުރަން ޖެހޭ ކަންކަމުގައި ކައުންސިލް އިސްވެ އެހީތެރިކަން ފޯރުކޮށްދިނުން.

– ވަށާ ޖެހޭ ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް އެކުލަވާލައި ހިންގުން. މިގޮތުން، މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމާއި، ކުރިމަގު އަމާޒުކޮށް ބައްޓަންކުރާނެ ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައި ދިނުމަށް ކައުންސިލުން އިސްވެ ހަރަކާތްތެރި ވެވޭނެ ގޮތެއް ފަހިކޮށްގެން، އެ މަގަށް މަސައްކަތް

ކުރުން، މި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭނެ.

– އިހަވަންދޫގެ ތައުލީމީ ދަރިންނާއި، އެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކޮށްލެވޭ އިލްމުވެރިން ގެނެސްގެން، ހާއްސަކޮށް ދަރިވަރުންނަށް، އަދި އާންމުކޮށް މުޖުތަމައުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ލެކްޗަރތައް ބޭއްވުން. މި ލެކްޗަރ ޕްރޮގްރާމަށް ރާއްޖެއިން ބޭރުގެ މޮޅު އިލްމުވެރިން ގެނައުމަކީ މި ޕްރޮގްރާމްގެ އުންމީދެއް. އަމާޒަކީ އެކި ދާއިރާތަކަށް ލޯ ހުޅުވިފައިވާ

ހޭލުންތެރި މުޖުތަމައެއް ބިނާކުރުން.

– މަދަރުސާގެ ދަރިވަރުން ބޭނުންކޮށްގެން، ކައުންސިލްގެ ފުރިހަމަ އެހީތެރިކަން ލިބިދެވޭނެހެން، އިހަވަންދޫގެ މުޖުތަމައާ ގުޅުންހުރި އެކި ދާއިރާތަކުން ކުދިކުދި ދިރާސާތައް ހައްދަވައި، އެ ދަރިވަރުންނަކީ މުޖުތަމައުގެ ބިނާވުންތަކާމެދު ފިކުރުހިންގާ ވިސްނުންތެރި ހަރުދަނާ ވިދުންގަދަ ބަޔަކުކަމުގައި ހެދުމަށް މަސައްކަތްކުރުން.

* މުނިއަވަސްފިލުވުން

– ސަރުކާރުގައި ދަންނަވައިގެން ޒުވާނުންގެ މަރުކަޒު ހެދުމަށް މަސައްކަތްކުރުން. މި މަސައްކަތް ނިމޭއިރު، އެ މަރުކަޒަކީ ޒުވާނުން އެދޭ ތަފާތު ގިނަ ކުޅިވަރު ވަސީލަތްތައް ގާއިމުކޮށްފައިވާ ތަނެއް ކަމުގައި ހެދުމަށް ސަރުކާރާ ގުޅިގެން މަސައްކަތްކުރުން

– ވޮލީ ބޯލް، ބާސްކެޓް ބޯލް ބެޑްމިންޓަން އަދި ބަލި ފަދަ ކުޅިވަރުތައް ކުޅޭނެ ވަސީލަތްތައް ގާއިމުކޮށް، އެ ތަންތަން ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުން.

– މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރުން. މިގޮތުން މޫދާއި ގޮނޑުދޮށުގެ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް އެ ސަރަހައްދުގައި ހަމަޖައްސައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ބާބެކިއު ޕިޓްތަކާއި، ފެންވަރާ ތަނަކާއި ފާޚާނާ އަދި މުނިއުފާކުރުމަށް ބޭނުންވާ ތަކެތި ވިއްކާނެ ހަޓެއް އެ ސަރަހައްދުގައި ހަދައި ހިންގުން.

– އެކިއެކި ކުޅިވަރު ކުޅެން ބޭނުންވާ ވަސީލަތްތައް އުސޫލެއްގެ ތެރެއިން އަދި ވަކި ހައްދެއްގެ ތެރެއިން ލިބިދެވޭނެ އުސޫލެއް ހަމަޖެއްސުން. އަދި ކުޅިވަރު ކުޅެން ބޭނުންކުރާ ވަސީލަތްތައް ދާއިމަށް މަރާމާތުކޮށް ބެލެހެއްޓުން. މި ކަމުގައި ކްލަބު ޖަމިއްޔާތަކުގެ އެހީތެރިންކަން ހޯދުން.

– ފާޚާނާ، ފެން، ޗޭންޖިންގ ރޫމް، ރެސްޓް ރޫމް އަދި އެހެންވެސް ވަސީލަތާއި ހިދުމަތްތައް ހިމެނޭނެހެން ސަޕޯޓިން އެމެނިޓީސްތައް ފުޓްބޯޅަ ދަނޑުތަކުގައި ހެދުން.

– ގައުމީ ފެންވަރުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގައި އިހަވަންދޫ ތަމްސީލްކުރުން. މިގޮތުން، ހާއްސަގޮތެއްގައި ފުޓްބޯލް އަދި ވޮލީބޯލް ފަދަ މުބާރާތްތަކުގައި ބައިވެރިވެ، ރަނގަޅު ނަތީޖާއެއްނެރުމަށް ރޭވުންތެރިކަމާއެކު ދުރާލާ ތައްޔާރުވުން. މިކަމުގައި ކްލަބު ޖަމިއްޔާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ހޯދުން.

– ކުޅި ބަލަން ތިބޭނެ ވަސީލަތްތަކެއް ފުޓްބޯޅަ ދަނޑުތަކުގައި ގާއިމުކުރުން.

– ޣާޒީ ދަނޑުގެ ދެކޮޅުގައި ފެންސް ޖެހުން.

– ކުޅިވަރުގެ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް މަސައްކަތްކުރުން. މިކަމަށް މަގުފަހި ކުރުމަށްޓަކައި، ރާއްޖޭގެ ބޮޑެތި ކުޅިވަރު ކްލަބުތަކާ ގުޅިގެން އެކިއެކި ކުޅިވަރުތަކުގެ ކޭމްޕްތައް ރަށުގައި ބޭއްވުމާއި، ރަށުގައި ބާއްވާ ބޮޑެތި ކުޅިވަރު މުބާރާތްތަކަށް ރާއްޖޭގެ ކުޅިވަރު ކްލަބުތަކުގެ މަސްއޫލުވެރިންގެ ސަމާލުކަން ހޯދަން މަސައްކަތްކުރުން.

– ރަށުގެ ކްލަބު ޖަމިއްޔާތަކުން ކުރިއަށް ގެންދާނެ ކުޅިވަރު ހަރަކާތްތަކާއި އެ ހަރަކާތްތައް ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން، ކްލަބު ޖަމިއްޔާތަކާ ކައުންސިލުން މަޝްވަރާކޮށް، ކުރިއަށް އޮންނަ އަހަރުގެ ކުޅިވަރު ކަލަންޑަރެއް ކޮންމެ އަހަރެއްގެ ޑިސެމްބަރ މަހު އެކުލަވާލައި އާންމުކުރުން. މަގުސަދަކީ ކުޅިވަރު މުބާރާތްތައް އިންތިޒާމު ކުރާ ފަރާތްތަކަށާއި މުބާރާތްތަކުގައި ބައިވެރިވާ ފަރާތްތަކަށް ކުރިއާލާ ތައްޔާރުވުމަށް ވަގުތު ދީ ފަސޭހަކުރުމާއި، މުބާރާތްތަކުގެ ފުށުއެރުން ކުޑަކުރުމާ އަދި މުބާރާތްތަކުގައި ގިނަ ބަޔަކު ބައިވެރިވުމަށް މަގުފަހިކުރުން.

– ކައުންސިލުން އަމިއްލައަށް ކުޅިވަރު މުބާރާތްތައް ބޭއްވުމުގެ ބަދަލުގައި، ކްލަބު ޖަމިއްޔާތަކުން ބާއްވާ ކުޅިވަރު މުބާރާތްތައް ވިލަރެސްކުރުމާއި އިންތިޒާމުކުރުމުގައި މާލީ ގޮތުން އަދި އެހެން ވެސް ގޮތްގޮތުން ފުޅާ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދިނުން.

– މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ކުޅިވަރު ކުޅެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގައި ކައުންސިލުން އެހީތެރިވުން.

* ސިއްހަތާއި ދުޅަހެޔޮކަން

– ފިޓްނެސް ސެންޓަރެއް ހެދުން. މި ސެންޓަރުގައި ޖިމް، ޔޯގާ، އެއޮރޮބިކް އަދި އެހެންވެސް ކަޝްރަތުތަކަށް ބޭނުންވާ ވަސީލަތްތަކާއި އާލާތްތައް ގާއިމުކުރާނެ. އަދި ފިޓްނެސް އިންސްޓްރަކްޓަރއެއްގެ ހިދުމަތް ވެސް މި ސެންޓަރުން ލިބޭނެ. އަމާޒަކީ ރަށުގެ އަންހެނަކާއި ފިރިހެނަކު ފިޓްނެސް ދާއިރާއިން ތަމްރީނުކޮށް، މި ސެންޓަރުގެ ފިޓްނަސް އިންސްޓްރަކްޝަންގެ މަސައްކަތަށް ނެރުން.

– ދުވުމާއި ހިނގުން ފަދަ ކަޝްރަތުތައް ޕްރޮމޯޓްކޮށް އެފަދަ ކަޝްރަތުތައް ކުރުމަށް ބާރުއަޅައި، އެ ފަދަ ކަޟްރަތުތައްކުރުން ފަސޭހަކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެސުން. މިފަދަ ކަޟްރަތުތައްކުރުން އާލާކުރުމަށްޓަކައި، މުހިއްމު މުނާސަބާތައް ފާހަގަކުރާއިރު ދުވުމާއި ހިނގުމުގެ އިވެންޓްތައް ބޭއްވުން.

– އެކި އުމުރުފުރާތަކަށް ހާއްސަކޮށްގެން ފަތަން ދަސްކޮށްދޭ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުން. އަމާޒަކީ އުމުރުން 8 އަހަރުން މަތީގެ އިހަވަންދޫ ކޮންމެ މީހަކީމެ ރަނގަޅަށް ފަތަން ދަންނަ ބަޔަކު ކަމުގައި ހެދުން. އަނެއް އަމާޒަކީ ފެތުން ފަދަ ކަޝްރަތުތައް ކުރުމަށް މީހުންނަށް ހިތްވަރުދިނުން އަދި ގެނބުމާއި ކަނޑުމަތީގެ ހާދިސާތަކުން ސަލާމަތްތެރިވުމަށް ތައްޔާރުކުރުން.

– ސިއްހަތާއި ދުޅަހެޔޮކަމާ ގުޅޭ އެކި ދާއިރާތަކުން އެކި އުމުރު ފުރާތަކަށް އަދި އެކި ޖިންސުތަކަށް ހާއްސަކޮށްގެން ހޭލުންތެރިކުރުމުގެ ފުޅާ ޕްރޮގްރާމެއް ރާވައި ހިންގުން. މަގުސަދަކީ ސިއްހަތަށް ނުރައްކާހުރި ނުރަނގަޅު އާދަތަކާ ދުރުކޮށް، ދުޅަހެޔޮކަމަށް ލޯބިކުރާ ރައްޔިތެއް ބިނާކުރުން.

– މުއައްސަސާތަކާ ގުޅިގެން، ހަރުދަނާ ވަރުގަދަ އުސޫލުތަކެއްގެ ތެރެއިން، ނަތީޖާ ނެރުމަށް އަމާޒުކޮށްގެން، މަދިރި ކޮންޓްރޯލްކުރުމަށްޓަކައި ދެމެހެއްޓެނިވި މަސައްކަތްތަކެއް ފެށުން.

– ކަނޑައެޅިފައިވާ ދާއިމީ ތާވަލަކާ އެއްގޮތަށް ވަކި ދުވަސްތަކެއްގައި އެކި ބަލިތަކަށް ހާއްސަ ޑޮކްޓަރުން ރަށަށް ގެނެސްގެން، ދެކޮޅުޖެއްސޭނެ ނިޒާމެއްގެ ތެރެއިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދިނުން.

– ކައުންސިލްގެ ދައުރުގައި ކައުންސިލްގެ ފުލް ސްކޮލަރޝިޕެއްގެ ދަށުން އިހަވަންދޫ ކުއްޖަކު އެމް.ބީ.ބީ.އެސް ހަދަން ފޮނުވާނެ. މި ކަމަށް ހޭދަވާ ފައިސާއަކީ ރައްޔިތުންގެ ހަޒާނާގައި ނުޖެހި އެހެން ގޮތްގޮތުން ހޯދާ ފައިސާކަމުގައި ހަދާނެ. މީގެ އިތުރުން، އެމް.ބީ.ބީ.އެސް ކޯސްތަކަށް ރަށު ކުދިން ފޮނުވުމަށް ބާރު އަޅައި އަދި އެ ފުރުސަތު ތަނަވަސްކުރަން ކައުންސިލުން އިސްވެ

މަސައްކަތްކުރާނެ.

– ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް އަމިއްލަ ފަރާތްތަކަށް ދިގު މުއްދަތަށް ބިން ދޫކުރުން. މި ދާއިރާއިން އިންވެސްޓް ކުރާނެ ފަރާތްތައް ހޯދަން ގަދަ އަޅައި މަސައްކަތް ކުރާނެ.

– މަދަދުވެރިކަމާއި އޯގާތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރިލީފް ފަންޑެއް ގާއިމުކޮށް މަދަދުވެރިކަން ފޯރުކޮށްދިނުން.

*ބަދަހިކަން

– ކޮންމެ އަހަރަކު އަންނަ ބޮޑު އީދު ދުވަހާއި ބޮޑު ބަންދުގެ އެންމެ ފަހު ހުކުރު ދުވަހަކީ ރައްޔިތު ފެންވަރުގައި ވަރުގަދަ ޖާފަތެއް ތައްޔާރުކޮށް އިންސާފުކުރާ ދުވަހެއް ކަމުގައި ހެދުން. މި ހަރަކާތަކީ ރަށުގެ މުއައްސަސާތަކާއި ކްލަބު ޖަމިއްޔާތަކާއި ހުރިހާ ގޭބިސީތަކާ އަދި ކުދިބޮޑު އެންމެންގެ ފުރިހަމަ ބައިވެރިވުން އޮންނާނެހެން، އިތުރު އެހެނިހެން ވެސް ހަރަކާތްތަކާއެކު

އެކުލަވާލެވިފައިވާ، އުފާވެރި ކުލަ ގަދަ ހަރަކާތެއް ކަމުގައި ހެދުން. އަމާޒަކީ ބައިބައިވުމާއި ދުޝްމަންކަމާއި ފިތުނަވެރިކަމަށް ހުރި ޖާގަތައް ނައްތާލައި، ރަހުމަތްތެރިކަމާއި އަހުވަންތަކަން ދިރުވައި އާލާކުރުން.

– ރަށުގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ޒުވާނުން ބައިވެރިކޮށްގެން، ކޮންމެ އަހަރަކު އެއްފަހަރު ޕިކްނިކް ދަތުރެއް ދިއުން. މަގުސަދަކީ ޒުވާނުންމެދުގައި ފެތުރޭ ދެކޮޅުވެރިކަމުގެ ހުޅުތައް ނިއްވައި، އެކުވެރިކަމުގެ ވޮށް ފުއްތައް ނިވަން ދަތިވާވަރުކުރުން.

– މާލޭގައި ދިރިއުޅޭ އިހަވަންދޫ ރައްޔިތުންގެ ބަދަހިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ރާވައި ހިންގުން.

* ދީނާއި އަހުލާގު

– އިސްލާމީ އަޤީދާ ވަރުގަދަކުރުމާއި ދީނަށް ލޯބިޖައްސުވައި ކަލާންގެއަށް ބިރުވެތިވުން ބޮޑުކުރުމަށް އަމާޒުކޮށްގެން، އިސްލާމްދީނުގެ އެކި ބައިތަކާއި ދާއިރާތަކާމެދު ހޭލުންތެރިކަން އުފެއްދުމާއި، ދީނީ ނަސޭހަތްދިނުމަށް ހާއްސަ ޕްރޮގްރާމެއް ރާވައި ހިންގުން. ބޮޑެތި މީހުންނަށް ދީނުގެ އަސާސީ މަންހަޖު އުނގަންނައިދިނުން، މި ޕްރޮގްރާމްގެ ހާއްސަ މަގުސަދެއްކަމުގައި ހަދާނެ.

– ރޯދަމަހަށް ހާފިޒުން ގެނައުމާއެކު، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ރަށުގައި ހާފިޒުން އުފެއްދުމަށް މަސައްކަތްކުރުން.

– ބަސްނާހާ ވިހާލިވެގެން އުޅޭ ކުދިން ދެނެގަނެ، އެ ކުދިންނާއި އެ ކުދިންގެ މައިންބަފައިންނަށް އަމާޒުކޮށްގެން، ފާޅުނޫން ޓާގެޓެޑް ކައުންސިލިންގ ޕްރޮގްރާމެއް ހިންގުން. މި ކަން ކުރުމުގައި ފުލުހުންނާއި މަދަރުސާގެ އެހީތެރިކަން ހޯދާނެ.

– ދަރިވަރުންނާއި ޒުވާނުންނާއި ބެލެނިވެރިންނަށް އަމާޒުކުރެވިގެން، މަދަރުސާ އާއި ފުލުހުންނާ ގުޅިގެން، މާތް އަހުލާގާއި ރީތި އާދަތަކާއި ރިވެތި އަގުތަކާމެދު ހޭލުންތެރިކޮށް، ރަށުގެ އަފުރާދުންނަކީ ސާދާ ހުލްޤުހެޔޮ ހިތްތިރި ބަޔަކުކަމުގައި ހެދުމަށް، ޕްރޮގްރާމެއް ރާވައި، ދުރު ރާސްތާ މަސައްކަތެއް ފެށުން.

– މަސްތުވާތަކެތި ބޭނުންކުރާ ކުދިން ދެނެގަނެ، އެ ކުދިންނަށް ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިކޮށް، މުޖުތަމައަށް އަނބުރާ ގެނައުމަށް އަމާޒުކޮށްގެން، ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ފެށުން.