މެނިފެސްޓޯ އިން ހާސިލްވީ ކިހާ މިންވަރެއް؟ ހިތްހަމަޖެހުމާއި ހިތްފަސޭހަކަން ގެނެސްދިނުން

.

2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބަށް އިހަވަންދޫ ރަށު ކައުންސިލަށާއި އިހަވަންދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އެމް.ޑީ.ޕީ ކެނޑިޑޭޓުން ނުކުންނެވީ މެނިފެސްޓޯއަކާއެކުއެވެ.

“ރަށަށްޓަކައި”ގެ ނަމުގައި މައިގަނޑު 5 ދާއިރާއަކަށް އަލި އަޅުވާލައިގެން ނެރުނު މެނިފެސްޓޯ އަށް ރައްޔިތުން އާބަސް ބުނެ އިހަވަންދޫ ކައުންސިލަށް އެމްޑީޕީގެ 5 ކައުންސިލަރުން އިންތިހާބުކޮށް އަތޮޅު ކައުންސިލްގެ ގޮނޑިވެސް އެމްޑީޕީގެ ކެންޑިޑޭޓަށް ހޯދައިދިނެވެ.

މެނިފެސްޓޯގައި އަލިއަޅުވާލާފައި ވަނީ ރައްޔިތުން އެކަމަކަށްޓަކައި ލޮލުން ބޮލުން އެދިއެދި ތިބި ކަންތައްތަކެވެ. އިންތިހާބު ނިމި، ކައުންސިލްގެ 3 ވަނަ ދައުރަށް ހޮވުނު ކައުންސިލް ހުވާކުރުމާއެކު ރައްޔިތުން ތިބީ ނުހަނު ފޮނި އުއްމީދެއްގައެވެ. މެނިފެސްޓޯއިން ވިސްނާދިނީ އެއީ “ޕްލޭންކުރެވި ޕުރޮގުރާމް ކުރެވިފައި” ވާ ކަންތައްތަކެއްކަމުން، މެނިފެސްޓޯ ތަންފީޒު ވާނޭ ކަމާމެދު ރައްޔިތުންނަށް ސުވާލު އުފައްދާނެ ޖާގައެއް ނެތެވެ.

ކައުންސިލްގެ 3 ވަނަ ދައުރު ނިމުމަށް 3 މަހެއްހާ ދުވަހަށްވެފައިވާއިރު ރަށަށްޓަކައި”  މެނިފެސްޓޯއިންވެފައިވާ ވައުދުތައް ފުއްދައިދެވުނީ ކިހާ މިންވަރެއްތޯ ނިންމަވާނީ ރައްޔިތުންނެވެ.

ހިތްހަމަޖެހުމާއި ހިތްފަސޭހަކަން ގެނެސްދިނުން

 
pollcode.com free polls

ރަށުގެ މާހައުލު ކުދިން ތަތްތެޅިފައި. އުފެދޭ ކުނި އެއްކުރާނެ އަދި ނައްތައިލާނެ ގޮތުގެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނެތް. އަންދާ ކުނިން އަރާ ވިހަ ދުމުގެ ޝިކާރައަކަށްވެ ހަފުސްވަމުންދާ ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއަކު ނެތް. ފައިބަރގްލާސްގެ ނުރައްކާތެރި ކެމިކަލުން ގޮނޑުދޮށާއި މޫދު ހިނޭޖެހިފައި. ރައްޔިތުންގެ ސިއްހަތު ނުރައްކަލަށް ގެނބިފައި. މަގުތަކުގައި ދިލަ އަވި. ހިތްހަމަޖައްސައި ވައި ޖައްސައިލެވޭނެ ތަނެއް ގޮތެއް ނެތް. ބޯހިޔާވަހިކަމަށް އެދި އެތައް ރައްޔިތެއް ތިބީ ރުޅިގަދަވެފައި. ރައްޔިތުން އެދެނީ އުފާވެރިކަން. ހިތްފަސޭހަކަން. އަރާމު. މިހެންވެ އަހުރެމެން ވައުދު ވަނީ;

* ކުނިގޮނޑާއި ސާފުތާހިރުކަން

– ގޭބިސީތަކަށް ދުމުގެ އަސަރު ފޯރާގޮތަށް ކުނި އެންދުން ވަގުތުން ހުއްޓާލުން.

– ރަށުތެރެއަށް ވިހަ ދުން ފެތުރިގެންދާ މައްސަލައާމެދު އަވަސް ފިޔަވަޅު އެޅުމުގެ ގޮތުން، ވަގުތީ ކުނިގޮނޑެއް ކުނިގޮނޑުތަކެއް އެކި ސަރަހައްދުތަކުގައި ހަދައިގެން ކަމުގައި ވިޔަސް، ރަށުތެރެއަށް ދުން ފެތުރިގެން ނުދާނެހެން ވައިޖެހޭ މިޝްރާބަށް ބަލައިގެން ކުނި އަންދަން ފަށައި، ވަގުތީ ހައްލެއް ގެނެސްދިނުން.

– ކުނި މެނޭޖްކުރުމަކީ ރަށު ކައުންސިލްގެ ފެންވަރުގައި ވެސް ހައްލު ކުރެވިދާނެ ކަމެއްކަން ހިތުން ތެދުކޮށް ގަބޫލުކޮށް، ކުނި މެނޭޖްކުރުމަށް ސަރުކާރުން މަޝްރޫއެއް ފަށަންދެން އިންތިޒާރުކުރުމުގެ ބަދަލުގައި، ރަށު ކައުންސިލްގައި ފައިސާ ހުރި މިންވަރަށް ރިއާޔަތްކޮށްގެން، ކުނި ޖަމާކުރުމާއި ނައްތައިލުމަށް ވަށާޖެހޭ ދެކޮޅުޖެހޭ ހަރުދަނާ ޕްލޭނެއް އެކުލަވާލައި،  އާންމުކޮށް، އެ ޕްލޭންގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން އެންމެހައި ވަސީލަތްތައް ގާއިމުކޮށް، ކަމާބެހޭ އުސޫލުތައް ހަދައި ހިންގައި، ކުނިގޮނޑުގެ ތަކުލީފުން ރައްޔިތުން މިންޖުކުރުން.

– ފައިބަރގްލާސްއިން އުފެދޭ ކުނިބުނި ނައްތައިލާނެ ހާއްސާ ނިޒާމެއް އެކަށައަޅައި ތަންފީޒުކުރުން.

– މަސްވެރިކަމުގެ ސިނާއަތުން އުފެދޭ ކުނި ނައްތައިލާނެ ފަސޭހަ ފައިދާވަނިވި ނިޒާމެއް އުފެއްދުން.

– ރައްޔިތުން އަދި ހާއްސަކޮށް ދަރިވަރުން، ކުންޏާމެދު ހޭލުންތެރިކުރުމަށް ރަށު ފެންވަރުގައި ބޮޑު ކެމްޕެއިނެއް ފެށުން. އަމާޒަކީ ކުންޏާމެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް ސާފުތާހިރުކަމަށް ލޯބިކުރާ، ސާފުތާހިރުކަން އަގުކުރަން ދަންނަ ރައްޔިތެއް ބިނާކުރުން.

އާންމުކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި ކުނި އުފެދޭ ފަދަ ސަރަހައްދުތަކާއި މަގުތަކުގައި ޑަސްބިން ބެހެއްޓުން.

– ރަށުތެރެ އާއި މަގުތަކާއި އާންމު މައިދާންތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން ހަރުދަނާކުރުން.

– ދާއިމީކޮށް ގޮނޑުދޮށް ސާފުކުރަން ފެށުން.

– ރަށާއި ވަލާއި ގޮންޑުދޮށާއި މޫދާއި ފަޅު ސާފު ކުރުމަށް ކޮންމެ އަހަރަކު ވެސް ބޮޑު އެއް ހަރަކާތް ހިންގުން. މި ހަރަކާތް ހިންގުމަށް ކުރިއާލައި ތައްޔާރުވެ ޝައުގުވެރިކަން ހޯދުމަށް

އިޝްތިހާރުކޮށް ރަށުގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކާއި ދެ ޖިންސްގެ ކުދިބޮޑު އެންމެންގެ ބައިވެރިވުން ކަށަވަރުކޮށް، މި ހަރަކާތަކީ ތިމާވެށި ސާފުތާހިރުކޮށް ބޭއްވުމަށް ރައްޔިތުންގެ ހިތްތަކުގައި ލޯބި ޖެއްސުމަށް އަމާޒު ކުރެވޭ ހަރަކާތެއް ކަމުގައި ހެދުން.

* ޕާކްތަކާއި މައިޒާންތައް

– ކުޑަކުދިންގެ ޕާކް މަރާމާތުކޮށް، ކުޑަކުދިން ގަޔާ ވާނެފަދަ އިތުރު ސާމާނު ހޯދައި ގާއިމުކޮށް، ޕާކް އެކީއެކަށް ފުރިހަމަކޮށް، ޕާކް ބެލެހެއްޓޭނެ ނިޒާމެއް އެކަށައެޅުން.

– ރަށުތެރެއިން ބޭނުން ހިފެންހުރި އަދި ލިބެން ހުރި ބިންތައް ބަލާ ހޯދައި، ކުޑަކުދިންނާއި އާންމުންނަށް ބޭނުން ހިފޭނެ ފަދަ ހިތްފަސޭހަ މައިޒާންތައް ރަށުތެރޭގައި ތަރައްގީކުރުން.

– އަތިރިމަތިން ހިތްހަމަޖެހުމާއި އަރާމު ލިބެވޭނެ ގޮތް ހެދުން. މިގޮތުން އަތިރިއަށް ފޭބެން ހުންނަ ފަސޭހަ ދިމަދިމާގައި ޖޯލިފައްޗާއި އުނދޯލި އަދި ހޮޅުއަށި ފަދަތަންތަން ހެދުމަކީ ކައުންސިލުން ހިތްވަރުދޭ ކަމެއް ކަމުގައި ހަދައި، މި ފަދަ ވަސީލަތްތައް ހެދުމަށް، އަތިރިއާ ކައިރި ހިސާބުތަކުގައި ދިރިއުޅޭ ވަޒަންވެރިންނަށް، ވަކިއުސޫލުތަކެއް ތެރެއިން ކައުންސިލުން

– ފައިނޭންސް ހަމަޖައްސައިދީ، އެ ތަންތަން ބެލެހެއްޓުން ވެސް އެ ފަރާތްތަކާ ހަވާލުކޮށް، އެ ތަންތަން ހެޔޮ ގޮތުގައި ބޭނުންކުރާކަން ކަށަވަރުކުރުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ފުރިހަމަކުރުން.

– ބަނދަރު ސަރަހައްދުގައި ހުރި ދެ ފިނިމައިޒާން މަރާމާތުކޮށް، އެ ތަންތަނުގައި މުނިފޫހި ފިލުވޭނެ ވަސީލަތްތައް ގާއިމުކޮށް، ރާޒުވާކުޅިބައި ތާސްބައި ފަދަ ދޮށީ އުމުރުގެ ބޭފުޅުން ބޭނުންވާނެ ކުޅިވަރު ސާމާނުތައް ބެހެއްޓުން.

* މަގުމަތި

–  މަގުތަކާއި އެހެންވެސް އާންމު ސަރަހައްދުތަކުގައި ހިޔާ ދޭ ގަސް އިންދައި، ފެންދީ ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖައްސައި، ރަށުތެރެ ފެހިކޮށް، ފިނިކަން ގެނެސްދިނުން.

– މަގުތަކުގެ އަޑިގުދަންތައް ފިލުވުމާއި ހިރަފުސް ދުއްވުމަށް ދާއިމީ އިންތިޒާމެއް ހަމަޖެއްސުން.

– މަގު ބައްތިތައް ގަވާއިދުން މަރާމާތުކޮށް އަލިކަން ކަށަވަރުކުރުން.

ގޯތިގެދޮރު

– ރައްޔިތުންގެ މަޝްވަރާ އާއި ދިރާސާ އާއި ބުއްދީގެ ހަމަތަކާއި އިންސާފުގެ އަސާސްތަކާ އެއްގޮތަށް ގޯތި ދޫކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއް އެކުލަވައިލުމަށް ފަހު، މިހާރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް، ގެވަޅަށް އެދި ހުށަހެޅުމަށް އަލުން ހުޅުވާލައި، ސަރުކާރުން ހުއްދަކުރާ އެންމެ ގިނަ އަދަދަކަށް ގޯތި ދޫކުރުން.

– ގޯތިގެދޮރު އިމާރާތް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ލޯން ސްކީމެއް، ކަމާބެހޭ އިދާރާތަކާ ގުޅިގެން ތައާރަފުކުރުން.