އިންގުލޭންޑް: ތަރިންގެ ސްކޮޑެއް

ސައުދުﷲ އަޙުމަދު

ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ތައްޔާރުވުމަށް އިނގިރޭސިން 33 ކުޅުންތެރިންގެ ލިސްޓެއް ޝޯޓް ލިސްޓުކޮށްފިއެވެ. މި ފަހަރުގެ މުބާރާތުގައި 26 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވައިލެވިދާނެ ކަމަށް ޔޫރަޕުގެ ފުޓުބޯޅާގެ މައި އިދާރާއިން ވަނީ ކަނޑައަޅައިފައެވެ. އިނގިރޭސީންގެ ފައިނަލް ސްކޮޑް ޢިއުލާނު ކުރާނީ އަންނަ ހަފުތާގައެވެ.

އިނގިރޭސި ޕުރީ ސްކޮޑަށް ބަލާއިރު މާބޮޑެތި ސަޕުރައިސިން ސެލެކުޝަންތަކެއް ނެތެވެ. ދުނިޔޭގެ ނިސްބަތުން އިނގިރޭސި ލީގަކީ ވަރުގަދަ ލީގަކަށްވުމާއިއެކު ސްކޮޑުގައި ގިނައީ އިނގިރޭސި ޕުރިމިއާ ލީގުގެ ކުލަބުތަކަށް ކުޅޭ ކުޅުންތެރިންނެވެ.

ސްކޮޑުން ފުރުޞަތު ދީފައިނުވާތީ ސަޕޯޓަރުން ފާހަގަ ކުރަނީ ހަމައެކަނި 2 ކުޅުންތެރިއެކެވެ. އެއީ ސައުތުއެމްޕުޓަންގެ ޑެނީ އިންގްސްއާއި  ލީޑްސްގެ  ފޯވާޑް ޕެޓްރިކު ބެންފޯރޑްއެވެ. އިންގްސް ލީގުގައި 12 ގޯލިޖެހިއިރު ބެންފޯޑު ވަނީ ލީގުގައި 17 ގޯލު ލީޑްސްއަށް ކާމިޔާބުކޮށް ދީފައެވެ.

އިނގިރޭސިންގެ ސްކޮޑުގައި މި ފަހަރުގެ ޔޫރޯގައި ވިދާލާނެ ކަމަށް ބެލެވޭ ކުޅުންތެރިން ގިނައެވެ. އެގޮތުން ކެޕްޓަން، ހެރީ ކޭން، މެންޗެސްޓާރ ސިޓީގެ ޒުވާން ކުޅުންތެރިޔާ ޕިލް ފޯޑެން،އާރސެނަލްގެ ސާކާ،ޔުނައިޓެޑްގެ ގުރީންވުޑް، ޑޯޓްމަންޑުގެ ޖޯޑެން ސަންޗޯ،ސިޓީގެ ރަހީމު ސްޓާލިން،އަދި އެސްޓަން ވިލާގެ  ސްޓައިލިޝް ޕުލޭމޭކަރ ޖެކް ގުރީލިޝް ފާހަގަކޮށްލަން ޖެހެއެވެ.