ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕް: އަތޮޅު މަދަރުސާއަށާއި މާރަންދޫ ސްކޫލަށް ހަމަހަމަ ފެށުމެއް

އިބްރާހިމް ނަޝީދު

ގޯލްޑެން ޖުބުލީ އިންވިޓޭޝަން ކަޕު ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ހއ އަތޮޅު މަދަރުސާއާއި މާރަންދޫ ސްކޫލު އެއްވަރު ވެއްޖެއެވެ.

މިރޭގެ މެޗުގައި އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިފައި ނުވިނަމަވެސް ހއ އަތޮޅު މަދަރުސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިވަނީ ބޭކާރުވެފައެވެ.

މިރޭގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހއ އަތޮޅު މަދަރުސާގެ ޖާޒީ ނަމްބަރ 8، މުޙައްމަދު ރިޝާނެވެ.

މުބާރާތުގެ ދެމެޗު މާދަމާ ހެނދުނަށްވަނީ ތާވަލް ކުރެވިފައެވެ. ފުރަތަމަ މެޗުގައި އިހަވަންދޫ ސްކޫލް ނިކުންނާނީ ހއ އަތޮޅު މަދަރުސާއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ހއ އަތޮޅު ތަޢުލީމީ މަރުކަޒު ކުރިމަތިލާނީ މާރަންދޫ ސްކޫލާއެވެ.

މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށްޓަކައި މާދަމާގެ މެޗުން މޮޅުވުން ކޮންމެ ޓީމަކަށްވެސް މުހިއްމެވެ.