ސީޕީއެސް ޢީދު ފުޓްސަލް ކަޕް: މިފަހަރު ޔުނައިޓެޑް ޔޫތުގެ ފަހަރެއް

ޢަބުދުﷲ ޙަމީދު

ފިރުތު ޢީދުގެ ބަންދާ ދިމާކޮށް 16 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ކުލަބު ޕޯލްސްޓަރއިން ކުރިއަށްގެންދިއަ ސީޕީއެސް ޢީދު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުތައް ނުކުޅެވި ދިގުލައިގެން ދިޔައީ ވިއްސާރަވެ މޫސުން ތަންނުދިނުމުންނެވެ.

ފުޓްސަލް ދަނޑުގައި މެޗުތައް ކުޅެވޭނެ ހާލަތަކަށް އައުމުން، ޖުލައި 4 ވީ އަންގާރަ ދުވަހު މުބާރާތުގެ ދެބައިގެވެސް ފައިނަލްމެޗު މިވަނީ ކުޅެ ނިމިފައެވެ. ފާހަގަކޮށްލެވޭ ކަމަކީ މުބާރާތުގެ 16 އަހަރުން ދަށުގެ ބައި އަދި 13 އަހަރުން ދަށުގެ ބައިންވެސް ޗެމްޕިއަންކަން ހޯދާފައިވަނީ އިހަވަންދޫގައި ފުޓްބޯޅައިގެ ގަދަބާރަކަށްވުމަށް މަސައްކަތްކުރަމުންއަންނަ ޔުނައިޓެޑް ޔޫތުން ކަމެވެ.

ޔުނައިޓެޑް ޔޫތުގެ 13 އަހަރުން ދަށުގެ ޓީމް…

ޗެމްޕިއަން ޓީމަށް ޓްރޮފީގެ އިތުރުން 1000 ރުފިޔާ އަދި ދެވަނަ ޓީމަށް 500 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތް، ޔުނައިޓެޑް ޔޫތުގެ 13 އަހަރުން ދަށުގެ ޓީމު ކާމިޔާބުކުރީ ފައިނަލް މެޗުގެ ދެ ހާފް ކުޅެ ނިމުނުއިރު 1-1 ގެ ނަތީޖާއަކުން މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން ސެންސިޓީ ޔަންގް ސްޓަރ ބަލިކޮށްފައެވެ. 16 އަހަރުން ދަށުގެ ބައިގެ ފައިނަލްގައި ޔުނައިޓެޑް ޔޫތުވަނީ 2-1 ން އެންވީކޭ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.