މޫސުން ތަންނުދިނުމުގެ ސަބަބުން މިއަދު ކުޅުމަށް ހަމަޖެހިފައިވާ ސީޕީއެސް ޢީދު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުތަށް މާދަމާ (2 ޖުލައި 2017) ހަވީރަށް ފަސްކޮށްފިއެވެ.
ޖޫން 28 ގައި ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ ބައިން ވާދަކުރި ފަސްޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ސެންސިޓީ ޔަންގް ސްޓަރ އަދި ޔުނައިޓެޑް ޔޫތު ފައިނަލްގައި ބައްދަލުކުރާއިރު 16 އަހަރުން ދަށުގެ ފައިނަލްގައި ބައްދަލްކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތެވެ.
16 އަހަރުން ދަށުގެ ބައިން އެންވީކޭ ފައިނަލްގެ ޖާގައެއް ހޯދީ ސެމީ ފައިނަލްގައި ސެންސިޓީ ޓީނޭޖަރސް 4-1 އިން ބަލިކޮށްގެންނެވެ. އަދި ޔުނައިޓެޑް ޔޫތުން ފައިނަލަށް ދަތުރުކުރީ 3-1 އިން ކޮފަލި ބަލިކޮށްގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓްރޮފީގެ އިތުރުން 1000 ރުފިޔާ އަދި ދެވަނަ ޓީމަށް 500 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.