ސީޕީއެސް ޢީދު ފުޓްސަލް ކަޕް: ފައިނަލް މެޗުތައް މިއަދު ހަވީރު

ޢަބުދުﷲ ޙަމީދު

ފިތުރު ޢީދު ބަންދާ ދިމާކޮށް ކުލަބު ޕޯލްސްޓަރއިން ކުރިއަށްގެންދާ ފުޓްސަލް މުބާރާތުގެ 16 އަހަރުން ދަށާއި 13 އަހަރުން ދަށުގެ ފައިނަލް މެޗުތައް މިއަދު ހަވީރު ކުޅޭނެއެވެ.

ޖޫން 28 ގައި ފެށި މުބާރާތުގެ 13 އަހަރުން ދަށުގެ ބައިން ވާދަކުރި ފަސްޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާފައިވާ ސެންސިޓީ ޔަންގް ސްޓަރ އަދި ޔުނައިޓެޑް ޔޫތު ފައިނަލްގައި ބައްދަލުކުރާއިރު 16 އަހަރުން ދަށުގެ ފައިނަލްގައި ބައްދަލްކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތެވެ.

16 އަހަރުން ދަށުގެ ބައިން އެންވީކޭ ފައިނަލްގެ ޖާގައެއް ހޯދީ ސެމީ ފައިނަލްގައި ސެންސިޓީ ޓީނޭޖަރސް 4-1 އިން ބަލިކޮށްގެންނެވެ. އަދި ޔުނައިޓެޑް ޔޫތުން ފައިނަލަށް ދަތުރުކުރީ 3-1 އިން ކޮފަލި ބަލިކޮށްގެންނެވެ.