ސީޕީއެސް ޢީދު ފުޓްސަލް މުބާރާތް ފަށައިފި

ޢަބުދުﷲ ޙަމީދު

ސީޕީއެސް ޢީދު ފުޓްސަލް ކަޕްގެ ނަމުގައި ކުލަބު ޕޯލްސްޓަރއިން ފުޓްސަލް މުބާރާތެއް ފަށައިފިއެވެ.

ދެބަޔަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގައި 16 އަހަރުން ދަށުގެ ބައިން 6 ޓީމް އަދި 13 އަހަރުން ދަށުގެ ބައިން 5 ޓީމާއެކު ޖުމްލަ 11 ޓީމުން ބައިވެރވެފައި ވެއެވެ.

އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތުގެ 13 އަހަރުން ދަށުގެ ބައި ލީގް އުސޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލްގައި ބައްދަލުކުރާނެއެވެ. އަދި 16 އަހަރުން ދަށުގެ ޓީމުތައް ދެ ގްރޫޕަކަށް ބަހައިލުމަށްފަހު ކޮންމެ ގްރޫޕެއްގެވެސް އެންމެމޮޅު ދެ ޓީމު ސެމީ ފައިނަލް ކުޅެ، ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކުރާ ދެ ޓީމު ފައިނަލްގައި ވާދަކުރާނެއެވެ.

މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 1 ވާ ހޮނިހިރު ދުވަހު ހަވީރުއެވެ.