Banner Image Description

އެއް ޑޯޒް ޖަހައިގެން ކޮވިޑުން ރައްކައުތެރިވެވޭ އައު ވެކްސިނަކަށް ޗައިނާއިން ހުއްދަ ދީފި

ޢަބުދުﷲ ޙަމީދު

– ބެއިޖިންގް- އެއްމެ ޑޯޒެއްގެ ވެކްސިން ދީގެން ކޮވިޑުން ދިފާއުވެވޭނެ ވެކްސިނެއް އުފައްދާ ޗައިނާއިން ވެކްސިން ދޭން ފަށައިފިއެވެ. ޗައިނާގެ ގިނަ ސިޓީތަކެއްގައި މިހާރު ވަނީ މިވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް ވެކުސިން ޖެހޭނެ މަގު ފަހިކޮށްފައެވެ. ޗައިނާގެ ޝަންހާއީގައި މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މިވެކްސިން ޖަހަން ފަށާފައިވާއިރު، މިހަފުތާގެ ހޯމަދުވަހުގެ ނިޔަލަށް 23154 މީކަށް މިވެކްސިން ދީފައިވާކަމަށް ޒިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައި ވެއެވެ.

މިހާރު ކޮވިޑް-19 އަށް ގިނަ ވެކްސިންތަކެއް އުފައްދާފައި ވީނަމަވެސް އަދި މިހާތަނަށް އުފެއްދި ގިނަ ވެކްސިންގެ ދެ ޑޯޒް ޖަހަން ޖެހެއެވެ. ޗައިނާގެ ކެންސިނޯބައޮލޮޖިކްސް އަދި އެކަޑަމީ އޮފް މިލިޓަރީ މެޑިކަލް ސައިންސް އިން އުފެއްދި އެޑްނޯވައިރަސް ބޭސްޑު މިވެކްސިން ބާޒާރަށް ނެރެފައި ވަނީ ކޮންވިޑިސިއާގެ ނަމުގައެވެ. އެމަޖެންސީ ހާލަތުގައި މިވެކްސިން ބޭނުން ކުރުމުގެ ހުއްދަ މިހާރު ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

މިވެކްސިންވެސް ޖަހަނީ ބާރުދައްކޮށްފައިވާ ވައިރަސް ހިމަނައިގެން ތައްޔާރު ކޮށްފައިވާ އެހެނިހެން ވެކްސިން ޖަހާގޮތަށް މަސްގަނޑަށެވެ. 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ދީފައިވާ މިވެކްސިންގެ ފޭސް 3 ގެ ކުލިނިކަލް ޑޭޓާ އިން ވަނީ 65.7 އިންސައްތަ ކާމިޔާބު ކަމަށް ދައްކައިފައެވެ. އެހެނިހެން ވެކްސިންތަކާ ހިލާފަށް މިވެކްސިން ޖަހައިގެން ކޮޑެތި ސައިޑު އިފެކްޓްތައް ރިޕޯޓުކޮށްފައި ނުވާކަމަށް ހަބަރުތައް ބުނެއެވެ.

މިއަހަރުގެ ނިމުމާ ހަމައަށް “ހާރޑު އިމިއުނިޓީ” އެއް ގެނައުމަށް މަސައްކަތް ކުރާ ޗައިނާގައި މިހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް 421 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމށް ޗައިނީސް ސެންޓަރފޯ ޑިސީސް ކޮންޓްރޯލް ޕުރެވެންޝަން އިން ހާމަކޮށްފައި ވެއެވެ. (ގުލޯބަލް ޓައިމް / ދަ ސްޓާރ)