Banner Image Description

9 އަހަރުފަހުން އިނޑިއާގައި އަނެއްކާވެސް މަރުގެ އަދަބު ދީފި

ޢަބުދުﷲ ޙަމީދު

ކަޝްމީރުގެ ހަނގުރާމަވެރިއެއްކަމަށްވާ މުހައްމަދު އަފްޒަލް ގުރޫގެ މައްޗަށް އިންޑިއާއިން މަރުގެ ހުކުމް ތަންފީޒުކޮށްފިއެވެ.

މުހައްމަދު އަފްޒަލް ގުރޫގެ މައްޗަށް މަރުގެ ހުކުމް ކޮށްފައިވަނީ 2001 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ދިން ހަމަލާގައި މުހިންމު ދައުރެއް އަދާކޮށްފައިވާތީއެވެ.

14 މީހުން މަރުވި އެހަމަލާގައި ބައިވެރިވެފައިވާކަމަށް އަފުޒަލް ގުރޫ ދިޔައީ އަބަދުވެސް އިންކާރުކުރަމުންނެވެ. ގުރޫގެ މައްޗަށް އިންޑިއާގެ ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ 2002 ވަނަ އަހަރުއެވެ. އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި ގުރޫއަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ދިއްލީ ކައިރީ ހުންނަ ތިހާރު ޖަލުގައި ދަން ޖައްސައިގެންކަމަށެވެ. ގުރޫގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައި މިވަނީ އޭނާ މައާފަށް އެދި އިންޑިއާގެ ރައީސް ޕްރަނާބް މުކަރްޖީ އަށް އޭނާ ފޮނުވި ޕެޓިޝަނަށް ރައީސް ފުރަގަސް ދެއްވިތާ 8 ވަނައަށް ވީދުވަހުއެވެ.

މިއީ އިންޑިއާގައި ތަންފީޒުކުރެވުނު ދެވަނަ މަރުގެ އަދަބެވެ. އެގައުމުގައި ފުރަތަމަ މަރުގެ އަދަބުދީފައި ވަނީ 2004 ވަނަ އަހަރުއެވެ.