އިޙްސާންކަން / ދަލާއިލުއް ތައުޙީދި - 4

އައްޝައިޚު މުޙައްމަދު ޝާފިޢު

8- އިޙްސާންކަމަކީކޮބާ؟

ޖަވާބު: އެއީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާ ފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެ އިލާހު ނުފެނުނުކަމުގައި ވިޔަސް އެ އިލާހު ތިބާ ދެކެދެނެވޮޑިގެންވެ އެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ.  “إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ” النحل: ١٢٨ މާނައީ: “ހަމަކަށަވަރުން، ﷲ ވޮޑިގެން ވަނީ، ތަޤުވާވެރިވި މީހުންނާއި އަދި އެ މީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގަ އެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =