އިމަގު ޣާޒީ ކަޕް 2025: ޖަންގަލް އިން ތަށި ހިއްލާލައިފި!

މުހައްމަދު މައުޒު

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތުގެ ޗެމަޕިއަންކަން ޖަންގަލް ހޯދައިފިއެވެ. އެޓީމް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރޭކުޅުނު ފައިނަލް މެޗްގައި ބޮޑުމަގުގެ މައްޗަށް 3-2 ގޯލް އިން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔާ، މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި މިމުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ހޮވުނީ ޖަންގަލް ޓީމްގެ ޖާޒީ ނަންބަރު 7 އަލީ ނާއިޝްއެވެ. ނާއިޝްވަނީ މިމުބާރާތުގައި 14 ގޯލްޖަހައި، ކުޅުނު ހުރިހާ މެޗެއްގެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ. 16 އަހަރުން ދަށުގެ އެންމެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ، އުލިގަމް ޓީމްގެ ޖާޒީ ނަންބަރު 30 މުހައްމަދު ލައިޝްއެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ސެންސިޓީ ޖޭއާރުގެ ގޯލް ކީޕަރު އަރުސަންއެވެ. އެންމެ މޮޅު ކޯޗަކީ ޖަންގަލް ޓީމްގެ ކޯޗް ހުސައިން ފަޔާޒްއެވެ. ޑްރީމް ޓީމްގައި ހިމެނުނީ ޖަންގަލްގެ ނާއިޝް، ބޮޑުމަގު ޓީމްގެ ޒައީން، އުލިގަން ޓީމްގެ ޔޫސުފް ޝާހިދު، ބޮޑުމަގު ޓީމްގެ ސުހާން އަދި ޖަންގަލް ޓީމްގެ މާހިލްއެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ ބޮޑުމަގު ޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަން ޖަންގަލް ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިންއިރު ރަނަރަޕް ބޮޑުމަގު ޓީމަށްވަނީ 7،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ. މިއީ އިމަގު ޖަމިއްޔާއިން މި މުބާރާތް ބޭއްވި ތިން ވަނަ ފަހަރެވެ.