އެފްއޭއެމުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕުގައި އިހަވަންދޫ އަދި ދިއްދޫ ބައްދަލުކުރާ މެޗް މިއަދު މިއަދު ކުޅޭނެއެވެ. މިއަދުގެ މެޗް ކުޅޭނީ އިހަވަންދޫ ޢާޒީ ދަނޑުގައި މިއަދު ހަވީރު 16:00 ގައެވެ.
އަތޮޅުތަކާއި ހިސާބުން ފެށިގެން އައިސް އެންމެ ޓޮޕް ލީގަށް ޕްރޮމޯޓްވާނެ ނިޒާމެއް ގާއިމުކޮށް އިއުލާނުކުރި އެޓޯލް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ. އެޓޯލް ޗެމްޕިއަންޝިޕްގައި ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ މެޗުތައް ކުޅޭނީ އެއް ރަށެއްގައެވެ. ދެ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގައެވެ. އެގޮތުން ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވެފައިވަނީ ދެ ޓީމް ކަމުން، ހއ އަތޮޅު ބުރުގެ ދެ މެޗް ކުޅޭނީ ދިއްދޫ އަދި އިހަވަންދޫގައެވެ. ހއ އަތޮޅުގެ ބުރުގައި މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ މެޗް އެންނާނީ މިމަހުގެ 13 ވަނަ ދުވަހު، ހއ ދިއްދޫގައެވެ. މިމުބާރާތުގައި އިހަވަންދޫއިން ބައިވެރިވެފައިވަނީ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކުލަބުންއިންނެވެ.
ކޮންމެ އަތޮޅަކުންވެސް ދެ ޓީމް މިމުބާރާތުގެ ޒޯން ބުރަށް ޕްރޮމޯޓްވާތީ، އިހަވަންދޫ އަދި ދިއްދޫވެސްވަނީ މިމުބާރާތުގެ ޒޯން ބުރަށް ޕްރޮމޯޓް ވެފައެވެ. އަޅުގަނޑުމެންގެ ސޯސިއްލް މީޑިއާ ޕްލެޓް ފޯމްތަކުން މިއަދުގެ މެޗް ދުރައް ދައްކާނެއެވެ.