އިތުރު ޕޮލިޓިކަލް ޑިރެކްޓަރަކާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރެއް އާމިނާދިޔޯ ސިއްޙީމަރުކަޒަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ގެ މަޤާމަށް އައްޔަނު ކުރައްވާފައިވަނީ، ހއ. އިހަވަންދޫ / ސަތަރުގޭ، އަބްދުލްޤާދިރު ޙުސައިންއެވެ. ޕޮލިޓިކަލް ޑިރެކްޓަރގެ މަޤާމަށް އައްޔަން ކޮށްފައިވަނީ، ހއ. އިހަވަންދޫ / ވެހި، ޢާއިޝަތު ނަޝްފާއެވެ. ނަޝްފާވަނީ ކުރީ ސަރުކާރުގައިވެސް ސީނިއަރ އެޑްމިނިސްޓްރޭޓަރ، ހެލްތް ސަރވިސަސްގެ މަގާމުގައި އާމިނާދިޔޯ ސިއްޙީމަރުކަޒުގައި މަސައްކަތް ކޮށްފައެވެ.
އިތުރު ދެ ޕޮލިޓިކަލް އެޕޮއިންޓީސް އާއި އެކު އާމިނާދިޔޯ ސިއްހީ މަރަކަޒަށް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އައްޔަން ކޮށްފައިވާ އެޕޮއިންޓީންގެ އަދަދު މިވަނީ 4 އަށް އަރާފައެވެ. އެއީ ދެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނާއި ދެ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
އާމިނާދިޔޯ ސިއްޙީމަރުކަޒަށް ފުރަތަމަ ފަހަރަށް ޕޮލިޓިކަލް އެޕޮއިންޓީއެއް އައްޔަންކުރީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އޭގެ ފަހުން ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގައިވެސް ޕޮލިޓިކަލް އެޕޮއިންޓީއެއް އަބަދުވެސް އައްޔަންކުރެއެވެ. އެ އަދަދު ދޭކަށް ބަދަލުވީ މިހިނގާ ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީ ކޮޅުއެވެ. ވެރިކަން ދެބައިވާން ދާއިރު އެއަދަދު މިވަނީ 4 އަށް ބަދަލުވެފައިކަން ފާހަގަކުރެވެއެވެ.