ހޯރަފުށީ އެއަރޕޯރޓް ޖެޓީގެ ވޯކްވޭ ހެދުމުގެ މަސައްކަތް ނިންމައި ވޯކްވޭ ބޭނުންކުރަން ފަށައިފިއެވެ. މިދިޔަ މާރިޗް މަހުގެ އެއްވަނަ ދުވަހުފެށި އެމަސައްކަތް ނިންމައި ވޯކްވޭ ބޭނުންކުރަން ފެށީ މިއަދުއެވެ.
މިކަމުގެ ސަބަބުން އެއަރޕޯރޓް ޖެޓީ ބޭނުންކުރުމަށް ޕަސެންޖަރުން އުފުލަމުންދިޔަ ބުރަޔަށް ބޮޑު ލުއިކަމެއް އަންނާނެއެވެ. އެއަރޕޯރޓް ޖެޓީއަށް ދާން ވޯކްވޭ ހެދިނަމަވެސް، އެތަން ހުރީ ހިޔާނުކޮށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން ވޯކްވޭ ބޭނުންކުރާ ފަރާތްތަކަށް އަދިވެސް އުނދަގޫ ތަކަކާއި ކުރިމަތިވާނެއެވެ.
ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށީ އެއާޕޯޓް 2020 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ހުޅުވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.