އިމަގުގެ 30 ވަނަ އަހަރީދުވަހާ ގުޅުވައިގެން ހަންޑި ހޮހޮޅަ މިރޭ ދައްކާލަނީ!

އަޔާން

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ 30  ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިރޭ ހަންޑި ހޮހޮޅަ ދައްކައިލާނެކަން  އެޖަމިއްޔާއިން އިއުލާންކޮށްފިއެވެ. އެގޮތުން ހަންޑި ހޮހަޅައިގެ ހަރަކާތް ކުރިޔަށްދާނީ މިރޭ 20:15 އިން ފެށިގެންނެވެ. މިދިޔަ އަޞްހާ ޢީދުގައި ތައްޔާރުކުރި މި ހޮހޮޅަ ހުންނަނީ އިމަގު ޖަމިއްޔާގެ ގޯތި ތެރޭގައެވެ.

އަންނަ ހޮނިހިރު ދުވަހަކީ އިމަގު ޖަމިއްޔާއަށް 30 އަހަރު ފުރޭ ދުވަހެވެ.އިމަގު ޖަމިއްޔާ އުފެދީ 1996 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. އިމަގު ޖަމިއްޔާއަކީ އިހަވަންދޫގެ އެންމެ ގިނަދުވަސްވީ  ޖަމިއްޔާއެވެ.