އިހަވަންދޫގައި ފެނަކައިން ހިންގަމުން އަންނަ އައިސްޕްލާންޓްގެ ސްޓޯރޭޖް އިތުރުކޮށް، ދުވާލަކު 75 ޓަނުގެ އައިސް އުފެއްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން ސައީދު ވިދާޅުވީ، ދޯނި ފަހަރާ ހަމައަށް އައިސް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރަމުން ދާކަމުގައެވެ.
2007 ވަނަ އަހަރު ހިދުމަތްދޭންފެށި އިހަވަންދޫ އައިސްޕްލާންޓް، 2011 ވަނަ އަހަރުންފެށިގެން ހިންގަމުން އަންނަނީ މިފްކޯއިންނެވެ. ނަމަވެސް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހުވަނީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން ކުރިން ހިންގަމުން ދިޔަ 14 އައިސް ޕްލާންޓު ހިންގުމުގެ ހުރިހާ މަސައްކަތެއް ފެނަކައާ ހަވާލުކޮށްފައެވެ. އޭގެތެރޭގައި އިހަވަންދޫ އައިސް ޕްލާންޓްވެސް ހިމެނެއެވެ.
2019 ވަނަ އަހަރު މިފްކޯއިންވަނީ އިހަވަންދޫ އައިސް ޕްލާންޓްގެ ކެޕޭސިޓީ 25 ޓަނުން 50 ޓަނަށް އިތުރު ކޮށްފައެވެ.