ކްލަބް ޖީއެސް ބަލިކޮށް އިމަގުން ފެށުން ރަނގަޅުކޮށްފި

.

އެޗްއާރްއެފް ވޮލީ ލީގުގައި އިމަގު ޖަމިއްޔާއިން ކުޅުނު ފުރަތަމަ މެޗުގައި ކްލަބް ޖީއެސް ބަލިކޮށް އިމަގު ޖަމިއްޔާއިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ހޯރަފުށީ އައުޓްޑޯ ވޮލީ ކޯޓުގައި އިއްޔަ ހަވީރު ކުޅުނު މި މެޗު އިމަގު ޖަމިއްޔާއިން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ އިމަގު ޖަމިއްޔާގެ ބިދޭސީ ކުޅުންތެރިޔާ ގަގަންދީޕް ސިންގެވެ. މި މެޗުގެ ސެޓްތައް އިމަގު ޖަމިއްޔާއިން ގެންދިޔައީ 13-25، 20-25، އަދި 18-25 އިންނެވެ.

އެޗްއާރްއެފް ވޮލީ ލީގަކީ ވޮލީ ބޯޅާގައި ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަގުސަދުގައި ހޯރަފުށީ ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ހއ. އަތޮޅަށް  ހުޅުވާލައިގެންނެވެ. މިފަހަރުގެ މުބާރާތުގައި އިހަވަންދޫ އިމަގު އަދި  ކެލާ ކައުންސިލްގެ އިތުރުން, ހޯރަފުށީ ކްލަބްތައް ކަމުގައިވާ ޓީމް ހިޔާ, އެފްސީ ފްރިގޭޓަރ، ގަޑި ސްޕޯޓްސް އަދި  ޕޮލިސް ކްލަބް ވަނީ ބައިވެރިވެފައެވެ.

ޖުމްލަ ހަ ޓީމު ބައިވެރިވެފައިވާ މި މުބާރާތުގެ މެޗުތައް މިމަހުގެ 25 އިން ފެށިގެން އަންނަމަހުގެ 3 އާއި ހަމަޔަށް ކުރިޔަށްދާނެއެވެ. މިމުބާރާތުގެ އިމަގު ޖަމިއްޔާއިން ދެންނުކުންނާނީ އެފްސީ ފްރިގޭޓަރ އާއި ދެކޮޅަށެވެ. އެމެޗް ފަށާނީ މާދަމާ ހަވީރު 16:00 ގައެވެ.