ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ބޭއްވުމަށް ކައުންސިލްގެ އެހީތެރިކަން

.

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް 2024، ބޭއްވުމަށް އެހީތެރިވުމުގެ ގޮތުން، އިހަވަންދޫ ކައުންސިލުން އެހީތެރިކަން ދީފިއެވެ. މިއެހީ ސާކް އާ ހަވާލުކޮށްފައިވަނީ އިހަވަންދޫ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވަނީ 9 ޓީމެކެވެ. އެއީ ކުޅިމަގު ފަސްގަނޑު، ޓީމް މޮޅަދޫ، ޔުނައިޓެޑް ޔޫތް، އެންވީކޭ، އެފްސީ ބޮޑު މަގު، ކުޅި މަގު، ސެންސިޓީ، ޓީމް ނައިވާދޫ އަދި މަނަފަރު އެފްސީއެވެ. މިއަހަރުގެ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖް ކުރިޔަށްދާނީ މިމަހުގެ 10 އިން މިމަހުގެ 19 އަށެވެ.

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި، ކަސްރަތާއި، އެފަދަ ޓްރެއިނިންތަކާއި މުބާރާތްތައް ބޭއްވުމަށް އިހަވަންދޫ ކައުންސިލްގެ ބަޖެޓުން މިއަހަރުގެ 3.5 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް  ކައުންސިލުން ލަފާކުރެއެވެ.