އިހަވަންދޫގެ އެންމެ ބާރުގަދަ މީހަކަށް ރިޝްފާން!

މުޙައްމަދު އަކުރަމް

އިހަވަންދޫގައި މިވަގުތު ހުރި އެންމެ ބާރުގަދަ މީހާގެ މަޤާމަށް ހއ. އިހަވަންދޫ ބިޖިލީގޭ މުހައްމަދު ރިޝްފާން (ރިޗަޑޭ) ހޮވިއްޖެއެވެ.

ރިޝްފާނަށް މިމަޤާމްލިބުނީ މިރޭ ކުރިޔަށްދިޔަ “ވީރު” މުބާރާތުގައި ފުރިހަމަކުރަންޖެހޭ ޓާސްކްތައް އެންމެއަވަހަށް ނިންމައިލި ބައިވެރިޔާއަށް ވެގެންނެވެ. ރިޝްފާނުވަނީ ދެ މިނެޓާއި ބާރަ ސިކުންތުގެ ތެރޭގައި ހުރިހާ ޓާސްކެއް ފުރިހަމަކޮށްފެއެވެ.

މިމުބާރާތުގައި ބައިވެރިވެ ވާދަކުރީ 10 ބައިވެރިންނެވެ. އޭގެ ތެރެއިން 9 ބައިވެރިޔަކުވަނީ ހުރިހާ ޓާސްކެއް ފުރިހަމަ ކޮށްފައެވެ. 2 މިނެޓް 19 ސިކުންތުން ޓާސްކްތައް ނިންމައިގެން މިމުބާރާތުގެ 3 ވަނަ ހޯދީ ހުސައިން ރިޝްފާންއެވެ، އޭނާއަށްވަނީ 500ރ ގެ ފައިސާގެ އިނާމެއްދީފައެވެ. މިމުބާރާތުގެ 2 ވަނައަށް ހޮވުނީ ހުސައިން ޒަޔާންއެވެ. ޒަޔާންއަށް ހުރިހާ ޓާސްކެއް ނިންމުނީ 2 މިނެޓް 17 ސިކުންތުންނެވެ. ޒަޔާންއަށްވަނީ 750ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.

2 މިނެޓާއި 12 ސިކުންތުން މިމުބާރާތުގެ ޓާސްކްތައް ފުރިހަމަކޮށް އެއްވަނަ ހޯދި މުހައްމަދު ރިޝްފާނަށްވަނީ 1500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ. ޓާސްކްތައް ނިންމުމާއިއެކު، ސިއްހީހާލަތު  ދައްވުމުން ރިޝްފާންވަނީ  ފަރުވާދިނުމަށް އާމިނާދިޔޯ ސިއްޙީމަރުކަޒަށް ގެންގޮސްފައެވެ. މިމުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައިވެސް އޭނާއަށް ބައިވެރިވެވޭގޮތެއް ނުވިއެވެ.

މިއީ އިހަވަންދޫގައި ޢީދު ފާހަގަކުރުމަށް ހިންގި ހަރަކާތްތަކުގައި ތެރޭގައި ހިމެނޭ އެންމެފަހު އިވެންޓެވެ.