ކައުންސިލް ކަޕް ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

.

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2024  ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.  އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހުޅުވައިލާގެން ދެޖިންސްގެ ވަކި މުބާރާތެއްގެ ގޮތުގައި ކުރިޔަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ޓީމްތަކުން 25 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ރަޖިސްޓްރީކުރަން ޖެހެއެވެ.

އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެވޭނީ އިހަވަންދޫގެ ޓީމްތަކަށް އެކަންޏެވެ. ނަމަވެސް ރަށުން ބޭރު 1 ކުޅުންތެރިޔަކު ޓީމްގައި ހިމެނިދާނެއެވެ. ކޮންމެ ޑިވިޝަނެއްގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިއީ އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ދެވަނަ ވޮލީ މުބާރާތެވެ. ފުރަތަމަ މުބަރާތް 2022 ވަނަ އަހަރު ބާއްވާފައިވާއިރު، އެފަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖަންގަލް ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ގަބީލާއެވެ.