ޝައުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމްޟާން މަހަށް ލިބޭ ތަމްރީނެއް
ޝައުބާން މަހު އަޅުކަމުގައި ހީވާގިވުމަކީ ރަމްޟާން މަހު އަޅުކަމުގައި މަސްއޫލުވުމަށް ލިބޭ ތަމްރީނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެ އެވެ.
"ޝައުބާން މަހާއި ހެޔޮއަމަލު ކުރުން" މި މައުލޫގެ ދަށުން ރާއްޖޭގައި މިއަދު ދިން ހުކުރު ޚުތުބާގައި މިހާރު ވޭތުކުރަމުންމިދާ ޝައުބާންމަހަކީ އެތައް ގޮތަކުން ޚާއްޟަ މަހެއްކަމަށް ބުނެފައެވެ. މިއީ ރަމްޟާން މަހަށް މަރްހަބާ ކިޔުމަށް ތައްޔާރުވަމުން އަންނަ މައްސަރުކަމަށް ވުމުން، ޝައުބާން މަހުގެ ހަނދު ފެނުމާއެކު ރޯދައިގެ މާތްކަމާއި، ރޭއަޅުކަމާއި، ހެޔޮ އަމަލުތައް ކޮންމެ މުސްލިމެއްގެ ހިތަށް ވަދެގެންދާކަމަށް ހުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.
އައިޝާ ރަޟިއަﷲ އަންހާގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައި ވެއެވެ، " މާތް ނަބިއްޔާ ﷺ، ޝައުބާން މަހަށްވުރެ ގިނައިން (ސުންނަތް) ރޯދަ ހިއްޕަވާ މައްސަރެއް ނުވެއެވެ. އެމަހުގައި (ރޯދަފުޅު ހިއްޕަވާލެއް ގިނަކަމުން) މުޅިމައްސަރުގައި ރޯދަފުޅު ހިއްޕަވާ ފަދައެވެ. "
ސިއްހީގޮތުންނާއި އުމުރުގެ ގޮތުން އެކިމީހުންގެ ހާލަތު ތަފާތު ކަންފާހަގަ ކުރަމުން އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ އަމަލު ކުރުމަށް ހުތުބާގައި ގޮވާލާފައި ވެއެވެ.
އުސާމަތު ބުނު ޒައިދު ރަޟިއަﷲ އަންހުގެ އަރިހުން ރިވާވެގެންވާ ހަދީޘެއްގެ މާނާގައި ވެއެވެ. ތިމަން ދެންނެވީމެވެ. ﷲގެ ރަސޫލާއެވެ! "ޝަޢުބާން މަހު ކަލޭގެފާނު ރޯދަފުޅު ހިއްޕަވާ ވަރަށް އަހަރު ދުވަހުގެ އެހެން މައްސަރެއްގައި ކަލޭގެފާނު (ސުންނަތް) ރޯދަފުޅު ހިއްޕަވާ މައްސަރެއް ތިމަން ދެކެވަޑައި ނުގަންނަވަމެވެ. އެބަހީ، އެގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯއެވެ؟ އެހިނދު ޙަދީޘް ކުރެއްވިއެވެ. "އެއީ ރަމަޟާން މަހާއި ރަޖަބު މަހާއި ދެމެދުގައިވާ، މީސްތަކުން އެމަހާމެދު ޣާފިލުވާ މަހެކެވެ. އެއީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް މީސްތަކުންގެ ޢަމަލުތައް އުފުލިގެންދާ މަހެކެވެ. އެހެންކަމާއެކު ތިމަން ކަލޭގެފާނު ރޯދަފުޅަށް ހުންނަވަނިކޮށް ތިމަން ކަލޭގެފާނުގެ ޢަމަލުފުޅުތައް އުފުއްލެވުމަކީ، ތިމަން ކަލޭގެފާނު ލޯބިކުރައްވާ ކަމެކެވެ." މިބަސްފުޅުގެ މަޤްޞަދަކީ، ޒަމާނުއްސުރެ ރަޖަބުމަހުގެ މާތްކަމާއި ރަމަޟާންމަހުގެ މާތްކަން މީސްތަކުން ދަންނަކަމަށްވިނަމަވެސް ޝަޢުބާންމަހުގެ މާތްކަމާމެދު އެހާބޮޑަށް މީސްތަކުންނަށް އެނގިފައި ނުވާކަން ކަމުގައި ހުތުބާއި ވިދާޅުވެފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ރަމަޟާން މަހަކީ ރަނުގެ ފުރުސަތެއް: ޚުތުބާ
16 - އޭޕްރީލް - 2021
ކައިވެނި ކުރަން ޖެހޭނީ ވީހާވެސް ގިނަބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑުގޮތެއްގައި : ހުތުބާ
29 - ނޮވެމްބަރު - 2019
ބައެއް ކަހަލަ އިލެކްޓްރޯނިކް ގޭމް ތަކުން ޒުވާނުންގެ ދީނީދުނިޔެވީ ވާޖިބުއަދާ ކުރުމަށް ހުރަސް އެޅޭ - ހުކުރު ހުތުބާ
15 - ނޮވެމްބަރު - 2019
ޢީދު ވާންޖެހޭނީ ނަފްސުތައް ޝަހުވަތްތަކުން މިނިވަން ކޮށްދޭ ޢީދެއްކަމަށް - ޢީދު ޚުތުބާ
11 - އޮގަސްޓު - 2019
އިސްލާމް ދީނަށްޓަކައި ޤުރުބާންވާން ކެރޭ މީހުންނަށް، މިއަދުވަނީ ބޭނުންވެފައި - ޢީދު ޚުތުބާ
11 - އޮގަސްޓު - 2019
ނަރަކައިން މުއްތިކުރެއްވުމަށް އެދޭނަމަ މާތްﷲގެ ވަޖުހުފުޅު އަދައިގެން ރޯދަތައް ހިފާށެވެ: ހުތުބާ
2 - ޖޫން - 2017
ކުދިންނަށް ޖެހިދާނެ ބަލިތަކުންނާއި ކުރިމަތިވެދާނެ ނުރައްކާތެރިކަމުން ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެޅިފައިވާ ބަޔަކީ މައިންބަފައިން: ޚުތުބާ
24 - ފެބްރުއަރީ - 2017
ރަމްޟާންމަސް އިހުޔާކުރުމުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
26 - މޭ - 2019
ރަމްޟާން މަސް ނިމުމާއެކު ކެމްޕެއިންގެ ހަރަކާތްތައް އިތުރުކޮށްފި
9 - އޮގަސްޓު - 2013
ހޯރަފުށީ ކައުންސިލް ކަޕް: ފުރިގޭޓަރ މުބާރާތްފެށީ ލަނޑު ގޯންޏަކުން!
14 - ސެޕްޓެމްބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް