ރަމަޟާން މަހަކީ ރަނުގެ ފުރުސަތެއް: ޚުތުބާ
ރަމަޟާންމަހަކީ ރަނުގެ ފުރުސަތެއް ކަމަށާއި އެމަހުގެ ދުވަސްތަކުގެ ހެޔޮކަން ލިބިގަތުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ނަމާދުގައި މިއަދު ދިން ޚުތުބާއި ވަނީ ފިތުނަ ތަކާއި އިމްތިޙާންތައް މެދުވެރިވުމުގެ ކުރިން ރަމަޟާންމަހުގެ ދަރުމައާއި ޘަވާބު ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހެޔޮ ޢަމަލުތައް ކުރުމަށް އަވަސްވެގަތުމަށް ގޮވާލާފައެވެ.
" މިއީ ތިބާގެ ފަހު ރަމަޟާންމަހަށްވެސް ވެދާނެއެވެ" މިމައުޟޫގެ ދަށުން މިއަދު ދިން ހުތުބާގައި ވިދާޅުވެފައި ވަނީ މި ރަމަޟާންމަހާ ބައްދަލުވުމަކީ ކުރިއަށް އޮތް ރަމަޟާންމަހާ ބައްދަލުވާނެކަން ޔަޤީންވާ ކަމެއް ނޫންކަމަށެވެ. ރަމަޟާންމަސް ފެށިފައިވާއިރު މިމަސް ނިމެންދެން އަޅުގަނޑުމެންގެ ތެރެއިން ދުނިޔާގައި ތިބޭނީ ކިތައް މީހުންކަން ނޭނގޭ ހިނދު މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ފަހު ރަމަޟާންމަސް ކަމަށް ވެދާނެ ކަން ފާހަގަކުރައްވާ މިމަހަށް ޤަދަރުކޮށް އިހުތިރާމްކޮށް، އަޅުކަމުގެ މަހެއްގެ ގޮތުގައި މިމަސް ބަލައިގަތުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.
ބައެއް މީހުންގެ ހާލަދާމެދު ހިތާމަކުރަންޖެހޭކަން ފާހަގަކުރައްވާ، އެމީހުން އާހިރަތާމެދު ޣާފިލުވެފައިވާއިރު ރަމަޟާންމަހަކީ ކިހާ މަތިވެރި މަހެއްކަން އެބައިމީހުން ނުދަންނަކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. ބައެއް މީހުންނަށް ހީވަނީ މިއީ ހަމައެކަނި ތަފާތު ކެއުންތަކާއި ބުއިންތަކުގެ މަހެއްކަމަށާއި ކުޅިވަރާއި މަޖަލާއެކު ރޭގަނޑު ހޭލާ ހުރެފައި، ދުވާލު ހަތަރުދަމު ނިދަން އޮތް މަހެއްކަމަށްކަމަށް ފާހަގަ ކުރައްވާ ހުތުބާގައި ވަނީ ރަމަޟާންމަހު ކާބޯތަކެތި އިސްރާފު ކުރުމާއި ވަގުތު ބޭކާރު ކުރުން އިތުރުވާކަން ފާހަގަ ކުރައްވާފައެވެ.
ރަމަޟާންމަހުގެ ދުވާލުގެ ވަގުތު މާތްކުރައްވާފައިވާއިރު، ރޭގަނޑުގެ ވަގުތުތައްވެސް މާތްކުރައްވާފައިވާކަން ފާހަގަކުރައްވަމުން ހުތުބާގައި ވިދާޅުވެފައިވަނީ އީމާންކަންމަތީ ދަރުމަޔާއި ޘަވާބަށް އެދިގެން ރޯދަ ހިފައިފި މީހާގެ ފާފަތައް ފުއްސަވާނެ ކަމުގެ އުފާވެރި ޚަބަރު ނަބިއްޔާ ﷺ ދެއްވާފައިވާ ކަމަށެވެ. ހަމަ އެޝަރުތާއެކު ރޭގަނޑުގެ ރޭއަޅުކަން ކުރާމީހާގެ ފާފަތައްވެސް ، ބޮޑެތި ފާފަތައް ފިޔަވައި ފޮހެވިގެން ދާނެކަމަށް ހުތުބާގައި ފާހަގަ ކުރެއްވިއެވެ. ބޮޑު ފާފައަކަށް އަރާގަނެވިފައިވާ މީހާ އެކަމަށް ތަޢުބާވާން ޖެހޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ. ރަމަޟާން މަހުގައި ކީރިތި ޤުރުއާން ކިޔެވުން އިތުރު ކުރުމަށާއި މިމަހުގައިވާ އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރޭ، ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް މަސައްކަތް ކުރުމަށް ހުތުބާގައި ނަސޭހަތްތެރިވެފައި ވެއެވެ.
ގުޅުން ހުރެދާނެ ލިޔުން
އުނބަށްޖަހައި، އިހަވަންދޫ ކައުންސިލުން ދަނޑުތައް އަލުން ދިއްލައިފި!
12 - މާރިޗު - 2026
މިމަހުގެ 27 ހުގައި އިހަވަންދޫގައި އިޙްޔާ ފޯރަމް ބާއްވަނީ!
11 - ފެބްރުއަރީ - 2026
ރޯދަމަހުގެ ފަހު 10 ގައި ދަނޑުތައް ނުދިއްލަން ހުށަހެޅި މައްސަލަޔަށް ތާއީދެއް ނުލިބުނު
23 - މާރިޗު - 2025
ޝެއިހް އާދަމް ބަޝީރުގެ ދަރުސް ޕްރޮގްރާމެއް ކުރިޔަށްގެންދަނީ
29 - ފެބްރުއަރީ - 2024
ރަމަޟާންމަހުގައި ކައު ސާހިބާ (محمدޞ.ޢ.ވ) އާދަވެ ކުރެއްވި ހަތް ކަންތައް
25 - މާރިޗު - 2023
ޝެއިހް ޢަލީ ޒާހިރުގެ ބޮޑު ދަރުސް މިރޭ
30 - އޭޕްރީލް - 2021
ރަމަޟާންމަސް: ރަމަޟާންމަސް ފައިދާހުރި ގޮތުގައިހޭދަކުރާނީ ކިހިނެއް؟
25 - އޭޕްރީލް - 2021
ރަމަޟާންމަސް (3)
18 - އޭޕްރީލް - 2021
ރަމަޟާންމަސް (2)
16 - އޭޕްރީލް - 2021
ސީ.ޕީ.އެސް އިފްތާރ ދަޅުބަރި ފަށައިގެން ކުރިއަށްގެންދަނީ
16 - އޭޕްރީލް - 2021
ކޮމެންޓް
އަދި ކޮމެންޓެއް ނެތް