ދަމު ނަމާދުގެ ވަޤުތު
ދަމު ނަމާދުގެ ވަގުތަކީ ޢީޝާ ނަމާދުން ފޭބީއްސުރެ ފަތިސް ވަންދެނެވެ. އެހެންކަމުން މި ވަޤުތުގެ ތެރޭގައި ކޮންމެ ވަޤުތެއްގައި ދަމު ނަމާދު ކުރި ކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ.
ދަމު ނަމާދު ކުރުން އެންމެ އައުލާވެގެންވަނީ ރޭގަނޑު ތިންބައި ކޮށްފައި އޭގެ ފަހުބައިގައެވެ.
މިސާލަކަށް 6 ޖަހާއިރު އިރު އޮއްސި ފަތިސްވަގުތުވަނީ 4 ޖަހާއިރު ކަމުގައިވާނަމަ، ރޭގަނޑުގެ ދިގުމިނަކީ 10 ގަޑީއިރެވެ. އެހެންކަމުން 10 ގަޑީއިރު ތިންބަޔަށް ބެހީމާ ކޮންމެ ބަޔަކަށް ވާނީ 3 ގަޑިއިރާ 30 މިނެޓެއްހާ އިރެވެ. އެހެންކަމުން ފުރަތަމަ ބަޔަކީ 6 ފެށިގެން 9.30 ހާ އިރެވެ. އަދި ދެވަނަ ބަޔަކީ 9.30 ހާ އިރުން 12.30 ހާ އިރަށެވެ. އަދި ތިންވަބަ ބަޔަކީ 12.30 ހާ އިރުން ފެށިގެން 4 އަށެވެ. މިއީ ގާތްގަނޑަކަށެވެ. އެހެންކަމުން ރޭގަނޑު ތިންބައި ކޮށްފައި ފަހުބަޔަކީ އެއީ ދިވެހި ރާއްޖޭގައި ޢާއްމުކޮށް ނަމާދު ވަޤުތު އިންނަ ގޮތުން ނަމަ، ރޭގަނޑު 1 ޖަހާކަންހާ އިރުން ފެށިގެން ފަތިސް ނަމާދު ބަންގި ގޮވަންދެނެވެ.
ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ މަޚްލާޤެއް ގަންދެއްވައި އެންމެ ގިނަ ޢަދަދަކަށް ހުވާ ވަޙީކުރައްވާފައިވަނީ ރޭގަނޑު ގަންދެއްވައެވެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި ﷲ ތަޢާލާ، މަޚްލޫޤެއް ގަންދެއްވައި ހުވާކުރެއްވުމަކީ އެ މަޚްލޫޤެއްގެ މާތްކަމާއި މަތިވެރިކަން ދޭހަވާ ކަމެކެވެ. އެހެންކަމުން ކީރިތި ޤުރުއާނުގައި ރޭގަނޑު އެހާ ގިނައިން ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ ރޭގަނޑުގައިވާ މިދެންނެވި މަތިވެރިކަމާއި މާތްކަމަށްޓަކައެވެ. ރޭގަނޑުގެ ތިންބައިގެ ތެރެއިން ފަހު ބަޔަކީ ދުވަހެއްގައި އަންނަ އެންމެ މާތް ވަޤުތެވެ. އެއީ ގެރެންޓީއާއެކު ދުޢާ އިޖާބަ ކުރައްވާ ވަޤުތެވެ.
ދަމު ނަމާދު ކުރުމަށްޓަކައި ނިދައި ހޭލުމަކީ ލާޒިމު ކަމެއް ހެއްޔެވެ؟
ނިދާފައި ތެދުވެ ދަމު ނަމާދު ކުރުމަކީ ދަމު ނަމާދު ޞައްޙަވުމުގެ ޝަރުޠެއް ނޫނެވެ. ހޭލާހުރި ނިދުމުގެ ކުރިން ދަމު ނަމާދު ކުރިކަމުގައި ވިޔަސް ދަމު ނަމާދު ޞައްޙަ ވާނެއެވެ. އެކަމަކު އެންމެ ރަނގަޅުގޮތަކީ، ނިދާލާފައި ތެދުވެ ދަމު ނަމާދު ކުރުމެވެ. އެއީ އޭރުން މީހާ ހުންނާނީ ތާޒާވެ، ބޮޑަށް ޚުޝޫޢަތްތެރިވެވޭ ޙާލަތެއްގައެވެ. އެހެންނޫނީ މީހާ ހުންނާނީ ނިދިއައިސް ވަރުބަލިވެ، އަވަހަށް ނަމާދު ނިންމާލަން ބޭނުންވެފައެވެ. އެ ޙާލަތުގައި ޙުޝޫޢަތްތެރިކަމާ ބިރުވެތިކަމާއެކު ނަމާދު ކުރުމަށް އުނދަގޫވެދާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ފަތިސްނަމާދުގެ ފަހުން ފަތިސްނަމާދުގެ އިހު ސުންނަތް ކުރެވިދާނެތޯ؟
3 - އޮކްޓޯބަރު - 2024
ޢިލްމު އުނގެނުމަށްޓަކައި ޢިޝާ ނަމާދުގެ ޖަމާޢަތް ފަސްކޮށްލުން
10 - ފެބްރުއަރީ - 2021
ބަދުއަޚްލާޤީ މައްސަލައެއްގައި ހޯދަމުން ދިޔަ މީހަކު ބައިކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގެންފި
6 - އޮގަސްޓު - 2013
އިހަވަންދޫ ކުނިގޮނޑުގައި އަލިފާންރޯވެ އަނދަމުން އެބަދޭ!
17 - ޖެނުއަރީ - 2013
ކުޑަކުދިންގެ ޕާކު ކެފޭ ހަވާލުކުރަން ހަޒް އިންވެސްޓްމަންޓްގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ނިންމައިފި
2 - ނޮވެމްބަރު - 2026
ޒުވާނުން ވިޔަފާރި ފަށަން ހާއްސަކޮށްފައިވާ ފައިނޭންސިންގެ ދެ ވަނަ ފިޔަވަހި ހުޅުވާލައިފި
2 - ނޮވެމްބަރު - 2026
"އިހަވަން އޮމަލަ އެކްސްޕޯ" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
1 - ނޮވެމްބަރު - 2026
ބޮޑު އާމްދަނީ ލިބޭ މީހުން އާސަންދަޔަށް 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ދައްކަންޖެހޭ ގޮތަށްހަދަނީ
1 - ނޮވެމްބަރު - 2026
ކެލާގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ޕްރޮކްސީ ގްރޫޕަށް
29 - އޮކްޓޯބަރު - 2026
ޝިފާއު، ރަމީޒް އަދި ޝާހިދު އެމްޑީޕީ ޤައުމީ މަޖްލިސް އިންތިހާބުގައި ވާދަކުރަނީ
29 - އޮކްޓޯބަރު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް