އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުން މިހާރު ވަނީ ތަލަވާން ފަށާފަ އެވެ. ތަލަވުމަކީ ވަރަށް ގިނަ ޒުވާނުން ކަންބޮޑުވާކަމެކެވެ. ދެރަވާކަމެކެވެ. ތަލަވާތީވެ ބަލީގެ ކުރީކޮޅު ބައެއް މީހުން ބޮޑު ޚަރަދުކޮށްގެން އިސްތަށި އިންދައިގެން އުޅެ އެވެ. ތަލަވުމުގެ ނުތަވަސްކަމުގެ މައްޗަށް އިތުރު ހާސްކަމެއް ކުރިމަތިވީ އެވެ.
އުމުރުން 40 އަހަރަށް ދާއިރު ތަލަވާ ޒުވާން ފިރިހެނުންނަށް އުރަވަޅީގެ ކެންސަރު (prostate cancer) ޖެހުން ވަރަށް ގާތްކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
ތަލަވަމުންދާ 10000 ޒުވާނުންގެ މެދުގައި ސައިންސްވެރިން، ތަލަވުމާ ބެހޭގޮތުން ކުރި ދިރާސާގައި ފާހަގަކުރެވުނީ ތަލަވާ ޒުވާނުން މުސްކުޅި އުމުރަށް އެޅުމުން ޓިއުމަރުގެ ނުރައްކަލާ ކުރިމަތިލާން ޖެހިދާނެކަމަށެވެ.
މި ނުރައްކަލާއެކު ތަލަވާވާ ޒުވާނުންނަށް އުރަވަޅީގެ ކެންސަރު ވެސް ޖެހުން ގާތްކަމަށް، ރިސާރޗްގައި ބައިވެރިވި އޮސްޓްރޭލިޔާގައި ހަރަކާތްތެރިވި ޓީމްގެ މެންބަރުންނަށް ވަނީ ފާހަގަކުރެވިފަ އެވެ.
މި ކަމުގެ ސަބަބު އަދި އެހާ ސާފެއް ނޫނެވެ. އެކަމަކު ކުރީގެ ދިރާސާއިން ދެއްކިގޮތުގައި ޓިއުމަރުގެ ނުރައްކާ ކުރިމަތި ވަނީ ގިނަ އަދަދެއްގެ ޓެސްޓްރޯން (ފިރިހެންވަންތަ ސިފަގެނެސްދޭ ހޯމޯންސް) ސަބަބުން ކަމަށެވެ. ގިނަ އަދަދެއްގެ ޓެސްޓްރޯންގެ ސަބަބުން އިސްތަށިގެ ބުޑަށް ނޭދެވޭ އަސަރުކުރެ އެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑު ދިގުވުން ލަސްވެ އެވެ.
އިގިރޭސި ވިލާތުގައި ގާތްގަނޑަކަށް އަހަރަކު 32000 ޒުވާނުންނަށް އުރަވަޅީގެ ކެންސަރު ޖެހިފައިވެ އެވެ. މި ބަލީގައި އަހަރަކު 10000 ޒުވާނުން އެގައުމުގައި މަރުވެ އެވެ.
އޮސްޓްރޭލިޔާގެ ވިކްޓޯރިޔާގެ ކެންސަރ ކައުންސިލްގެ ފަންނުވެރިން، އުމުރުން 40 އަހަރާއި 60 އަހަރުގެ 9448 ޒުވާނުންނާއެކު ގިނަ ދުވަސްތަކެއް ވަންދެން ކުރި ޞިއްޙީ ދިރާސާގައި ބަލާފައި ވަނީ ފުރާއުމުރުގައި ބޮލުން އިސްތަށި ފައިބާފައި ވަނީ ކިހާވަރެއްތޯ އާއި 20 އަހަރާއި 40 އަހަރާ ދެމެދު ތަލަވެފައިވާ މިންވަރެވެ. އަދި މި މީހުންގެ ތެރެއިން އުރަވަޅިގެ ކެންސަރު އުމުރުގެ 40 ގެ ފަހުން ޖެހިފައި ވަނީ ކިތައް މީހުންނަށްތޯ އެވެ.
ނަތީޖާއިން ފެންނަނީ އުމުރުން 40 ހުގެ ކުރީކޮޅު ތަލަވެފައިވާ މީހުންނަށް އުރަވަޅީގެ ކެންސަރުގެ ފުރަތަމަ ފިޔަވަހީގެ ތުރާތަކާ ކުރިމަތިލާން ޖެހި އުމުރުގެ ފަހުކޮޅު ބަލި ބޮޑުވެފައިވާކަމެވެ. އަދި އުރަވަޅީ ތަފާތު ބަލިތަކއާ ކުރިމަތިލާން ޖެހިފައިވާކަމެވެ.