2023 ވަނަ ދިރާސީ އަހަރު އިހަވަންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް އާއިޝަތު ޒާރާ އަހްމަދު ޒިރާން/ ލިލީގެ ހއ. އިހަވަންދޫ، އަދި މުހައްމަދު ޝައްޔާން/ މަލަފެހި ހއ. އިހަވަންދޫ ހޮވިއްޖެއެވެ. އާއިޝަތު ޒާރާ އަހްމަދު ޒިރާން ހުރިހާއި ގޮތަކުން އެންމެ މޮޅު ދަރިވަރަށް ހޮވިފައިވަނީ ޘާނަވީ ބައިންނެވެ. މަތީ ޘާނަވީ ބައިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކީ މުހައްމަދު ޝައްޔާން އެވެ.
2024-2023 ވަނަ އަހަރު އިހަވަންދޫ ސްކޫލްގެ ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް “ބެސްޓް އޯލް ރައުންޑް” ސްކައުޓަކަށް ހޮވިފައިވަނީ އާމިނަތު އިޝާލް އިޝާލް އަދުނާނުއެވެ. އަދި ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ސްކައުޓަކަށްވެސް ހޮވިފައިވަނީވެސް އޭނާއެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ކެޑޭޓް ، ބެސްޓް އޯލް ރައުންޑް ކެޑޭޓަކަށް ހޮވިފައިވަނީ އަޒާން ދާއޫދު މުހައްމަދު އާމިރުއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ކެޑޭޓަކަށްވެ ހޮވިފައިވަނީ ފާތިމަތު ދުންޏާ ހަލީމްއެވެ. ތަޢުލީމީ ގޮތުން އެންމެ ރަނގަޅު ގާލް ގައިޑަކަށް ހޮވިފައިވަނީ އައިޝަތު ސުމާ އަލީޝިފާޒްއެވެ. ހުރިހާގޮތަކުން އެންމެ ރަނގަޅު ގާލް ގައިޑަކަށް “ބެސްޓް އޯލް ރައުންޑް ގާލް ގައިޑަކަށް” ހޮވިފައިވަނީ ޒަމްމަތު ބިންތި އަލީ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލް އިމާރާތުގައި ބޭއްވި އެސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާފައިވަނީ އާރު ޑީސީގެ މެނޭޖިންގް ޑައިރެކްޓަރ ރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރުއެވެ.